ކ. މާލެ
|
31 ޖުލައި 2022 | އާދީއްތަ 18:58
މިނީ ބަހުގެ ޚިދުމަތް ފެށުން
މިނީ ބަހުގެ ޚިދުމަތް ފެށުން
އެމްޓީސީސީ
އާރްޓީއެލް މިނީ ބަސް
އާރްޓީއެލް މިނީ ބަހުގެ ޚިދުމަތް 3 ސަރަހައްދެއްގައި ފަށައިފި
އާރްޓީއެލްގެ ދަށުން ފެރީއާއި ބަހުގެ ޚިދުމަތް ދޭ
އޮގަސްޓު 14ގެ ނިޔަލަށް ދަތުރުތަކަށް އަގެއް ނުނަގާނެ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މިނީ ބަހުގެ ޚިދުމަތް, އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ލ. ގަން، އަދި ލ. އިސްދޫ ކަލައިދޫގައި ފަށައިފިއެވެ.

މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ 50 އަހަރުގެ ސަރވިސް އެގްރީމަންޓްގެ ދަށުން ދެވޭ ޚިދުމަތެކެވެ. ފެންވަރު ރަނގަޅުކޮށް ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށްޓަކައި ސަރުކާރުން މި ކުންފުންޏާ ހަވާލުކޮށްފައިވާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތުގެ ތެރޭގައި; އާރްޓީއެލް ފެރީއާއި ބަހުގެ ޚިދުމަތް ހިމެނެއެވެ.

އެގޮތުން މި ޚިދުމަތް ދިނުމަށްޓަކައި އާރްޓީއެލް ބްރޭންޑުކުރެވިފައިވާ ފެންވަރު ރަނގަޅު އައު 41 ބަސް ވަނީ ރާއްޖެގެނެސްފައެވެ. މި ބަސްތަކަކީ ބޮޑުމިނާއި ޖާގައިގެގޮތުން ބަލާއިރު، ރާއްޖޭގެ އެކި ރަށްރަށުގެ މަގުތަކުގައި ދުއްވުމަށް އެކަށީގެންވާ ބަސްތަކެކެވެ. އެއަރ ކޮންޑިޝަން ކުރެވިފައިވާ މި ބަސްތަކުގައި އެއްފަހަރާ 20 މީހުންނަށް ދަތުރުކުރެވޭނެއެވެ.

31 ޖުލައި 2022 ވަނަ ދުވަހު އަތޮޅުތަކަށް އާރްޓީއެލް ބަހުގެ ޚިދުމަތް ދޭން ފެށުނުނަމަވެސް، 14 އޯގަސްޓް 2022 ވަނަ ދުވަހާ ހަމައަށް ކުރިޔަށްދާނީ ރޫޓުތައް ތަޖުރިބާކުރުމުގެ ދަތުރުތަކެއްކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މި މުއްދަތުގައި ބަސްތަކުގައި ހިލޭ ދަތުރުކުރެވޭނެއެވެ. މީގެ އިތުރުން، 3 އަހަރުން ދަށުގެ ކުދިންނަށާއި، ސްކޫލް ކުދިންނަށާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި 65 އަހަރުން މަތީގެ މީހުންނަށް އާރްޓީއެލް ބަހުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހިލެއެވެ.

- ކޮމެންޓް