ކ. މާލެ
|
31 ޖުލައި 2022 | އާދީއްތަ 09:32
ޕީއެސްޖީގެ ކޯޗު ގަލްޓިއޭ
ޕީއެސްޖީގެ ކޯޗު ގަލްޓިއޭ
ޕީއެސްޖީ
ޗެމްޕިއަންސް ޓްރޮފީ
ޗެމްޕިއަންސް ލީގަށް ވިސްނުމުގެ ކުރިން ޑޮމެސްޓިކް ތިން ތަށި ކާމިޔާބުކުރަން ޖެހޭ: ގަލްޓިއޭ
 
ޕީއެސްޖީގެ އޮބްޖެކްޓިވްއަކީ މޮޅުވެ، ތަށިތައް ކާމިޔާބުކުރުން

ޗެމްޕިއަންސް ލީގާމެދު ވިސްނުމުގެ ކުރިން ޑޮމެސްޓިކް ތިން ތަށި ކާމިޔާބުކުރަން ޖެހޭކަމަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭ ބުނެފިއެވެ.

އޭނާ މިހެން ބުނީ އައު ސީޒަންގެ ޗެމްޕިއަންސް ޓްރޮފީ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. ގަލްޓިއޭ ބުނީ ޕީއެސްޖީގެ އޮބްޖެކްޓިވްއަކީ މޮޅުވެ، ތަށިތައް ކާމިޔާބުކުރުން ކަމަށެވެ. ސީޒަންގެ ފެށުމުގެ ކުރިން އެވާހަކަ އަބަދު ދެއްކިކަން ފާހަގަކޮށް އޭނާ ބުނީ، ޑޮމެސްޓިކް ތަށިތައް ކާމިޔާބުކުރުމަކީ މުހިންމުކަމެއް ކަމަށެވެ. އެކަން ކާމިޔާބުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

ގަލްޓިއޭ ބުނީ ނިމުނު ސީޒަންގައި ޗެމްޕިއަންސް ޓްރޮފީ ކާމިޔާބު ނުކުރެވޭ ކަމަށެވެ. އެކަމަކު، އެއްވެސް ކަމެއް ސާބިތުކޮށްދޭން ޖެހޭކަން ނުވިސްނޭކަން ފާހަގަކުރަމުން އޭނާ ބުނީ، ޕީއެސްޖީން ކުޅޭ މޮޅު ކުޅުމަކީ، ކުރިއަށް އޮތް މެޗުންވެސް މޮޅުވަން އޮތް ފުރުސަތެއް ކަމަށެވެ.

މީގެ އިތުރުން ގަލްޓިއޭ ބުނީ ޕީއެސްޖީގެ ކޯޗުކަމަކީ އެންމެ ޕްރެޝަރ ބޮޑު މަގާމުކަމަށެވެ. ޕީއެސްޖީގެ ކޯޗުކަމުގައި ހުންނަ އިރު ކުރިމަތިވާ ޕްރެޝަރ އެހެން ކުލަބެއްގައި ކުރިމަތިނުވާނެ ކަމަށެވެ. އޭނާ ބުނީ ފެށުމުގައި ޗެމްޕިއަންސް ޓްރޮފީ ކާމިޔާބުކުރެވިއްޖެ ނަމަ، އެންމެނަށް ވެސް އުފާވެރިކަމެއް ލިބޭނެ ކަމަށެވެ. ގަލްޓިއޭ ބުނީ ޕީއެސްޖީގެ ކޯޗުކަމުގައި ހުރެވޭތީ އޭނާ އުފާވާ ކަމަށެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ގަލްޓީއޭ ވަނީ ނޭމާ ޖޫނިއަރއާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެެވެ. އޭނާ ބުނީ، ނޭމާއަކީ ވަރަށް ޕްރޮފެޝަނަލް ކުޅުންތެރިއެއް ކަމަށެވެ. ގަލްޓިއޭ ބުނީ މިއަހަރުގެ ވޯލްޑް ކަޕުގައި ކުޅޭ ކުޅުންތެރިންނަށް މިއީ ވަރަށް މުހިންމު ސީޒަނެއް ކަމަށެވެ. އެގޮތުން ނޭމާ ހުރީ ހުރިހާ ގޮތަކުން ވެސް ތައްޔާރަށްކަމަށާއި، ބުނާ އެއްޗެއް އަޑު އަހައި، އޭނާ ބުރަ މަސައްކަތް ކުރާ ކަމަށެވެ. ގަލްޓިއޭ ފާހަގަކުރި ގޮތުގައި ނޭމަކީ ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުންތެރިއެއް ކަމަށެވެ.

ޗެމްޕިއަންސް ޓްރޮފީ މެޗުގައި ޕީއެސްޖީން މިރޭ ނިކުންނާނީ ނަންޓެސްއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް