ކ. މާލެ
|
15 ޖޫން 2017 | ބުރާސްފަތި 10:54
ސެނޭޓްގެ މި ވޯޓަށް ރިޕަބްލިކަން ޕާޓީއާ ޑެމޮކްރެޓިކް ޕާޓީން ވެސް ވަނީ މަރުހަބާ ކިޔާފަ
ސެނޭޓްގެ މި ވޯޓަށް ރިޕަބްލިކަން ޕާޓީއާ ޑެމޮކްރެޓިކް ޕާޓީން ވެސް ވަނީ މަރުހަބާ ކިޔާފަ
ބީބީސީ
އެމެރިކާ އާއި ރަޝިޔާ
ރަޝިއާއަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެޅުމަށް އެމެރިކާގެ ސެނޭޓުން ފާސްކޮށްފި
ސެނޭޓްގެ މި ނިންމުމަށް ރިޕަބްލިކަނުންނާއި ޑެމްކްރޭޓުންވެސް ވަނީ މަރުހަބާ ކިޔާފައި
ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތްކުރިކަމަށް ބުނާ ވާހަކަ ރަޝިއާއިން ދޮގު ކުރޭ
ދަތިކުރުމުގެ ފިޔަވަޅު އަމާޒުކޮށްފައިވަނީ ހަތް ދާއިރާއެއްގެ ފަރާތްތަކަކަށް

މިދިޔަ އަހަރު އެމެރިކާގަިއ ބޭއްވި ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރިކަމަށް ރަޝިއާގެ މައްޗަށް ކުރެވޭ ތުހުމަތުުގައި އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް އެމެރިކާގެ ސެނޭޓުގެ ބޮޑު އަގްލަބިއްޔަތަކުން ފާސްކޮށްފިއެވެ.

މީގެ އިތުން އެ މެމްބަރުން ވަނީ އެ ފިޔަވަޅުތައް ކުޑަކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އެެއްވެސް ފިޔަވަޅެއް އެޅުމަށް ނިންމަވައިފި ނަމަ އެ ފިޔަވަޅެއް ކޮންގްރެސްއިން ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅޭނެ އިންތިޒާމްތަކެއް ވެސް ހަމަޖައްސާފައެވެ.

މި ފަހަރު ފާސްކުރި ފާސްކުރުމަކީ އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ފާސްކުރި ބިލަށް އިތުރުކޮށްފައިވާ ބައިތަކެކެވެ.

ސެނޭޓުން މި ނިންމުން ނިންމާފައި މި ވަނީ ރައީސް ޓްރަމްޕްގެ ކެމްޕެއިން ޓީމުން އިންތިޚާބުގެ ދުވަސްވަރު ރަޝިއާއާ ގުޅުންތަކެއް ބާއްވާފައިވާކަމުގެ ކަންބޮޑުވުން ފެތުރިފައިވަނިކޮށެވެ.

ރައީސް ޓްރަމްޕް އަދި މޮސްކޯއިން އަބަދުވެސް ގެންދަނީ އެ  ތުހުމަތުތައް ދޮގު ކުރަމުންނެވެ. އެ ތުހުމަތުތަކާ ގުޅިގެން އެތައް ތަހުގީގުތަކެއް ވަނީ ހިންގާފައެވެ. އޭގެ ތެރޭގައި ޖަސްޓިސް ޑިޕާޓްމަންޓުން އެފްބީއައިގެ ކުރީގެ ޑިރެކްޓަރ ރޮބަރޓް މުލާ ހިންގެވި ތަހުގީގު ހިމެނެއެވެ.

ރަޝިއާއާ މެދު އަލަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި

  •  ކޮރަޕްޝަނުގައި ބައިވެރިވެފައިވާ ފަރާތްތަކާއި އިންސާނީ ހައްގުތަކަށް އަރައިގެންފައިވާ ވަކިވަކި ފަރުދުން
  • ސީރިޔާ ސަރުކާރާ ރައީސް ބަޝާރުލް އަސަދުގެ ސަރުކާރަށް ހަތިޔާރު ފޯރުކޮށްދޭ ކޮންމެ ފަރާތެއް
  • ރަޝިއާއަށް އެހީތެރިވުމަށް އިންޓަރނެޓް މެދުވެރިކޮށް ސައިބަރ ހަމަލާތައްދޭ ކޮންމެ ފަރާތެއް
  • ރަޝިއާގެ އިންޓެލިޖެންސާއެއްކޮށް ނުވަތަ ރަޝިއާގެ ދިފާއީ ބާުރުގައި ހިމެނޭ އެއްވެސް ފަރާތަކާއެކު ވިޔަފާރީގެ  މުއާމަލާތް ހިންގާ ފަރާތްތައް
  • ރަޝިއާގެ،މައިން، މައުދަން، އަދި ޝިޕިންގ އާ ރެއިލް ދަތުރުފަތުރުގެ ނިޒާމުގައި ހިމެނޭ ފަރާތްތައް

ސެނޭޓްގެ މި ވޯޓަށް ރިޕަބްލިކަން ޕާޓީއާ ޑެމޮކްރެޓިކް ޕާޓީން ވެސް ވަނީ މަރުހަބާ ކިޔާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް