ކ. މާލެ
|
31 ޖުލައި 2022 | އާދީއްތަ 08:04
ހާލަންޑް މާޔޫސްވެފައި: ފޮޓޯ-އެމިރޭޓްސް އެފްއޭކަޕް/ޓްވީޓަރ
ހާލަންޑް މާޔޫސްވެފައި: ފޮޓޯ-އެމިރޭޓްސް އެފްއޭކަޕް/ޓްވީޓަރ
ކޮމިއުނިޓީ ޝީލްޑް
ހާލަންޑާ މެދު ގާޑިއޯލާއަށް އިތުބާރު އެބައޮތް
 
ސިޓީ ބަލިވި މެޗުގައި ގޯލްޖަހަން ހާލަންޑަށް ފުރުޞަތު ލިބުނު

އާ ސީޒަންގެ ރަސްމީ ފުރަތަމަ މެޗުގައި ހާލަންޑަށް ގޯލް ނުޖެހުނަސް, ފުރިހަމަ އިތުބާރު އެބައޮތްކަން މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ހާމަކޮށްފިއެވެ.

އިނގިރޭސި އާސީޒަން ފަށަން ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗުގައި 3-1 ން ސިޓީ ބަލިވިއިރު, ހާލަންޑް މެޗު ފުރިހަމަ ކުރިއެވެ. އެކަމަކު 97 މިނިޓް ކުޅުނު މެޗުގައި ހާލަންޑަށް ގޯލެއް ނުޖެހުނެވެ. އޭގެ ބަަލުގައި މެޗުގައި ވިދާލީ ދެވަނަ ހާފްގައި ކުޅެން ނިކުއިން ލިވަޕޫލްގެ އުރުގުއޭގެ ފޯވާޑް ނޫނޭޒްއެވެ. ބެންފީކާއިން ގެނައި ފޯވާޑް ވަނީ ލަނޑެއް ޖެހުމުގެ އިތުރުން, ދެވަނަ ފަހަރަށް ލިވަޕޫލުން ކުރި ހޯދި ޕެނަލްޓީ ހޯދައިދީފައެވެ.

ޑޯޓްމަންޑުން ގެނައި ނޯވޭގެ ފޯވާޑަށް ފުރަތަމަ ހާފްގައި ދެތިން ފުރުޞަތު ލިބުނު ނަމަވެސް ގޯލެއް ނުޖެހުނެވެ. އަދި މެޗުގެ އިތުރު ވަގުތުގައި މުޅިން ހުހަށް ލިބުނު ފުރުޞަތުވެސް ހާލާންޑަށް ގޯލަށް ފޮނުވާ ނުލެވުނެވެ. އެކަމަކު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އެކަމާ އަދި ކަންބޮޑު ނުވާކަމަށެވެ.

އޭނާއަށް (ހާލަންޑް) ފުރަތަމަ ހާފްގައި ދޭއް ނޫނީ ތިން ފުުރުޞަތު ލިބުނު, އިތުރު ވަގުތުގައި ފުރުޞަތެއް ލިބުނު. އެކަމަކު އޭނާ ރަނގަޅު މޫވްތައް ކުރި. އާ ލީގެއްގައި އާ ކްލަބެއްގައި އެއީ ރަނގަޅެއް. އަހަރެން އަދި ކަންބޮޑެއް ނުވޭ. އޭނާ އަހަރެމެންނަށް އެހީވާނެ.
ޕެޕް ގާޑިއޯލާ/ މެންޗެސްޓަރ ސިޓީގެ ކޯޗު

ގާޑިއޯލާ ބުނީ ދެން ފަހަރަކުން ހާލަންޑް ގޯލް ޖަހާނެކަމަށެވެ. 97 މިނެޓްގެ ތެރޭގައި ހާލަންޑް ބޯޅައިގައި ޓަޗް ކުރީ 16 ފަހަރުއެވެ. ހާލަންޑްއަށް ގޯލެއް ނުޖެހުނަސް, ސިޓީއާ އަލަށް ގުޅުނު އާޖެންޓީނާގެ ޒުވާން ފޯވާޑް އަލްވާރޭޒް ދެވަނަ ހާފްގައި ނުކުމެ ނަތީޖާ ހަމަހަމަކޮށްދިނެވެ. ދެވަނަ ހާފްގައި ސިޓީގެ ކުރީގައި އަލްވާރޭޒްއާއި, ހާލަންޑް އަދި ފޮޑެން އެކުގައި ކުޅުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް