ކ. މާލެ
|
30 ޖުލައި 2022 | ހޮނިހިރު 20:49
ޖޭޖޭއާއި ކެޕިޓަލް ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން
ޖޭޖޭއާއި ކެޕިޓަލް ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން
-
ދެވަނަ ޑިވިޝަން
ބޮޑު ތަފާތަކުން މޮޅުވެ، ޖޭޖޭ ހަތަރަކަށް
 
ޖޭޖޭއިން މެޗު ކާމިޔާބުކުރީ 6-0ން

މިހާރު ކުރިއަށްދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބޮޑު ތަފާތަކުން ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބު ބަލިކޮށް ޖޭޖޭ ސްޕޯޓްސްއިން ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފިއެވެ.

މުބާރާތުގެ އެއްވަނަ ގްރޫޕުގައި މިއަދު ހަވީރު ކުޅުނު މެޗު ޖޭޖޭއިން ކާމިޔާބުކުރީ 6-0ންނެވެ. ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ޖޭޖޭއަށް ލީޑު ނަގައިދިނީ ހުސައިން ނިޔާޒު މުހައްމަދުއެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ ފަހުމިނެޓުގައި ޖޭޖޭއަށް ލީޑު ފުޅާކޮށްދިނީ އަހުމަދު ހުނައިފުއެވެ. ޖޭޖޭގެ އަނެއް ހަތަރު ލަނޑުވެސް ޖެހީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފުގައި އިތުރު ދެލަނޑު ޖަހައި، ފުރަތަމަ ލަނޑު ޖެހި ނިޒާޒު އޭނާގެ ހެޓްރިކް ފުރިހަމަކުރިއެވެ. އަނެއް ދެލަނޑު ޖެހީ ހުނައިފުއާއި މުހައްމަދު ފަހައިދުއެވެ.

މި ނަތީޖާއާއެކު ޖޭޖޭ ތާވަލުގެ ހަތަރުވަނާގައި އޮތީ ހަތަރު މެޗުން ހަ ޕޮއިންޓު ހޯދައިގެންނެވެ. ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށްގެން ގްރޫޕުގެ އެއްވަނާގައި ބުރު ސްޕޯޓްސް ކްލަބެވެ. ނުވަ ޕޮއިންޓާއެކު ދެވަނާގައި ކުޑަ ހެންވޭރު ޔުނައިޓެޑް އޮތްއިރު، ހަ ޕޮއިންޓު ހޯދައިގެން ތިންވަނާގައި އޮތީ ޓެންޓް ސްޕޯޓްސް ކްލަބެވެ. ދިވެހި ސިފައިންގެ ކްލަބާއި، ކްލަބް ޕީކޭގެ އިތުރުން ބިސްބުރުވެސް ވަނީ ހަ ޕޮއިންޓު ހޯދާފައެވެ. ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮތީ ކެޕިޓަލް ސިޓީއެވެ.

މުބާރާތުގައި މިރޭ ބައްދަލުކުރާނީ ޓެންޓާއި ބުރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް