ކ. މާލެ
|
30 ޖުލައި 2022 | ހޮނިހިރު 20:05
މާލޭގައި ހުންނަ ޓެނިސް ކޮމްޕްލެކްސް
މާލޭގައި ހުންނަ ޓެނިސް ކޮމްޕްލެކްސް
ޓްވިޓާ / އަޙްމަދު މަޚްލޫފް
މާލޭގެ ޓެނިސް ކޮމްޕްލެކްސް
މާލޭ ޓެނިސް ކޮމްޕްލެކްސް ސަރފޭސް އޭޓީޕީ ސްޓޭންޑަރޑަށް ތަރައްގީކޮށްފި
 
ކޯޓުތައް ރަސްމީކޮށް ހުޅުވާނީ މިއަންނަ އޯގަސްޓު މަހުގެ ދެވަނަ ދުވަހު

މާލޭގައި ހުންނަ ޓެނިސް ކޮމްޕްލެކްސްގެ ސަރފޭސް އޭޓީޕީ ސްޓޭންޑަރޑަށް ތަރައްގީކޮށްފިއެވެ.

ކޯޓުތައް އޭޓީޕީ ސްޓޭންޑަރޑަށް ތަރައްގީކޮށް ނިމުނީ މީގެ ތިން ދުވަސް ކުރިންނެވެ. ކޯޓުތައް ތަރައްގީކުރުމުގެ މަސައްކަތް ސްޕޮންސަރކޮށްފައިވަނީ ރާއްޖޭގެ ޓެނިސް އެސޯސިއޭޝަންގެ ކުރީގެ ރައީސް އަހުމަދު ނަޒީރުއެވެ.

ކޯޓުތައް ތަރައްގީކޮށް ގެނެވުނު ބަދަލުތަކާއެކު، މިހާރު މާލޭ ޓޭނިސް ކޮމްޕްލެކްސްގައި ކުޑަކުދިން ފަރިތަކުރުމަށް ޚާއްސަ ކޯޓަކާއެކު ޖުމްލަ 5 ކޯޓު އޮންނާނެއެވެ. މީގެ ކުރިން ކޮމްޕްލެކްސްގައި އޮންނަނީ 3 ކޯޓެވެ. މި ބަދަލާއެކު ގިނަ ކުޅުންތެރިންތަކަކަށް އެއްފަހަރާ ފަރިތަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މީގެ އިތުރުން، ރާއްޖޭގައި އިންޓަރނޭޝަނަލް މުބާރާތްތައް ބޭއްވުމަށްވެސް މި ކޯޓުތަކުގެ ސަބަބުން ފުރުސަތު ބޮޑުވާނެކަމަށް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. ރާއްޖެ ޓީވީއަށް މައުލޫމާތުދެމުން ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް އަމީން ވިދާޅުވީ، މިއަހަރުގެ ފަހުކޮޅު، ބޭރު ގައުމުތަކުން ބައިވެރިވާ މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާކަމަށެވެ. މި މުބާރާތުގައި ބައިވެރިވުމަށް 6 ގައުމަކަށް ދައުވަތުދީފައިވެއެވެ.

ކޯޓުތައް ތަރައްގީކޮށް ނިމުމާއެކު މިހާރު ކުޅުންތެރިންނަށް އެކޯޓުތަކުގައި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނަމަވެސް ކޯޓުތައް ރަސްމީކޮށް ހުޅުވާނީ މިއަންނަ އޯގަސްޓު މަހުގެ ދެވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް