Advertisement
ކ. މާލެ
|
30 ޖުލައި 2022 | ހޮނިހިރު 13:32
މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް (މެދުގައި)
މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް (މެދުގައި)
އެމްއެންޑީއެފް
ޗީފް އޮފް ޑިފެންސް ފޯސް ގެ ދަތުރުފުޅު
ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް، އިންޑިއަން އަރމީ އޮފިސަރ ޓްރެއިނިންގ އެކެޑެމީގެ ޕެރޭޑް ޝަރަފުވެރިކޮށްދެއްވައިފި
ޝަމާލް މިހާރު ހުންނެވީ އިންޑިއާގެ ޗީފް އޮފް އަރމީ ސްޓާފްގެ ދައުވަތަކަށް އިންޑިއާގައި

ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް، އިންޑިއަން އާމީގެ އޮފިސަރ ޓްރެއިނިންގ އެކެޑެމީގެ ޕާސިންގ އައުޓް ޕެރޭޑް ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ޕެރޭޑް ކުރިއަށްދިޔައީ އިންޑިއާގެ ޗެންނާއީގައި ހޮނިހިރު ދުވަހުގެ ހެނދުނުއެވެ. މި ޕެރޭޑުގައި ޝަމާލް ބައިވެރިވެވަޑައިގަތީ އިންޑިއަން އާމީ އޮފިސަރ ޓްރެއިނިންގ އެކަޑަމީގެ ޕާސިންގ އައުޓް ޕެރޭޑްގެ ރިވިއުއިންގ އޮފިސަރެއްގެ ގޮތުގައެވެ.

ޝަމާލް މިހާރު ހުންނެވީ އިންޑިއާގެ ޗީފް އޮފް އަރމީ ސްޓާފްގެ ދައުވަތަކަށް އިންޑިއާގައެވެ. އޭނާ ވަނީ އިންޑިއަން އަރމީ އޮފިސަރ ޓްރެއިނިންގ އެކަޑަމީގެ ޕަރަމެސްވަރަން ޑްރިލް ސްކެއަރގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެ އެކަޑަމީން އަލަށް އޮފިސަރުންގެ ގޮތުގައި ދަސްވެނިވާ ކެޑޭޓުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

އޭނާގެ ވާހަކަފުޅުގައި މުސްތަޤުބަލަށް މިއަދު ބިނާކުރެވޭ އާ ޖީލުގެ އޮފިސަރުންނަށް މުޅިން ތަފާތު ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެ ކަންކަމަށް ހޭލުންތެރިވެ ތިބުމަށް އިލްތިމާސްކުރެއްވިއެވެ. އަދި އޮފިސަރުންގެ އަޚްލާގާއި ސުލޫކީ މިންގަނޑަކީ އެންމެ އިސްކަން ދޭންޖެހޭނެ ކަންކަންކަމުގައި ފާހަގަކުރެއްވިއެވެ.

Advertisement

މި ރަސްމިއްޔާތުގައި ދިވެހި އަސްކަރިއްޔާއަށް ނިސްބަތްވާ ދިވެހި ދެ އަންހެން ސިފައިން ވެސް ވަނީ އޮފިސަރ ޓްރެއިނިންގ ފުރިހަމަ ކުރައްވާފައެވެ. ޗީފް އޮފް ޑިފެންސް ފޯސް ވަނީ އެ ދެ ސިފައިންނާއި އެ ސިފައިންގެ އާއިލާގެ މެންބަރުންނާ ބައްދަލުކުރައްވައި، މަރުޙަބާއާއި ތަހުނިޔާ ވިދާޅުވެފައެވެ.

މީގެ އިތުރުން އިންޑިއަން އާމީ އޮފިސަރ ޓްރެއިނިންގ އެކަޑަމީގައި މިހާރު ތަމްރީނު ހާސިލުކުރަމުންދާ ދިވެހި ކެޑޭޓުންނާ ވެސް ޗީފް އޮފް ޑިފެންސް ފޯސް ވަނީ ބައްދަލުކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް