ކ. މާލެ
|
26 ޖުލައި 2022 | އަންގާރަ 23:03
ރައީސް ސޯލިހުއާއި އަނބިކަނބަލުން ފަޒްނާ އަހްމަދު
ރައީސް ސޯލިހުއާއި އަނބިކަނބަލުން ފަޒްނާ އަހްމަދު
ރައީސް އޮފީސް
މިނިވަން ދުވަސް
މިނިވަންކަން ޒިންމާދާރުކަމާއެކު ބަލައިގަނެ އެކަން މެނޭޖްކުރަން ދަސްކުރަންޖެހޭ – ފަޒްނާ
ވަކިވަކި ބައެއްގެ ގޮތުގައި ނޫޅެ އެންމެން އެކީގައި ގައުމު ބިނާކުރުމަށް މަސައްކަތްކުރެވޭނެ

މިނިވަންކަން ލިބިފައި އޮތްނަމަވެސް އެކަން މެނޭޖްކުރަން ދަސްކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ބައިވެރިވަޑައިގެންފައިވާއިރު، ރައީސްގެ އަނބިކަނބަލުން ވަނީ މިނިވަންކަން މެނޭޖްކުރަންޖެހިފައިވާކަމަށް ވިދާޅުވެފައެވެ. އެކަމަނާ ވިދާޅުވީ މިނިވަންކަން ލިބިގެން ކޮންމެ މީހަކު މިނިވަނަކަށް ވެގެންގޮސް އެހެންމީހުންނާ ވާހަކަނުދެއްކޭ ހިސާބަށް, ނުވަތަ އެހެން މީހުންނާއެކު ނޫޅެވޭ ހިސާބަށް މިނިވަންކަން ލިބިގެން ދިއުމަކީ އެއީ މިނިވަންކަން ކަމަށް ނުބެލެވޭ ކަމަށެވެ.

އަޅުގަނޑުމެންނަށް ލިބިފައި އޮތް މިނިވަންކަން، ގައުމެއްގެ ގޮތުން ވެސް އަދި ފަރުދީ ގޮތުން ވެސް (އެއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމުގައި ވިޔަސް އަދި ކޮންމެ ކަމެއްގެ މިނިވަންކަމެއް ކަމުގައި ވިޔަސް) ވަރަށް ޒިންމާދާރުކަމާއެކު އަޅުގަނޑުމެން އެކަން ބަލައިގަނެ އެކަން މެނޭޖްކުރަން ދަސްކުރަންޖެހޭކަމަށެވެ.

އެކަމަނާ ވިދާޅުވީ، އެއިރުން ވަކިވަކި ބައެއްގެ ގޮތުގައި ނޫޅެ، އެންމެން އެކީގައި ގައުމު ބިނާކުރުމަށް މަސައްކަތް ކުރެވޭނެކަމަށެވެ.

- ކޮމެންޓް