ކ. މާލެ
|
26 ޖުލައި 2022 | އަންގާރަ 19:19
އެމްއެންޑީއެފުން ބޭއްވި ޕެރޭޑް
އެމްއެންޑީއެފުން ބޭއްވި ޕެރޭޑް
ރައީސް އޮފީސް
އަސްކަރީ ޕެރޭޑް
މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި އަސްކަރީ ޕެރޭޑާއި ޕްރޮސެޝަން، ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި
 
މި ހަރަކާތުގައި ދިވެހި ސިފައިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އަރުވާފައި
 
އެދެކަނބަލުންނާ އިސްތިގުބާލުކުރެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި އަސްކަރީ ޕެރޭޑާއި ޕްރޮސެޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައްލަވާލައްވައިފިއެވެ.

މި ހަރަކާތް އޮތީ އަންގާރަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާން ކުރިމަތީގައެވެ.

އަސްކަރީ ޕެރޭޑާއި ޕްރޮސެޝަން ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖުމްހޫރީ މައިދާން ކުރިމައްޗަށް ވަޑައިގެންނެވުމުން އެދެކަނބަލުންނާ އިސްތިގުބާލުކުރެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް އަބްދުﷲޝަމާލްއެވެ.

މި ހަރަކާތުގައި ދިވެހި ސިފައިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އަރުވާފައެވެ. އަދި އެއަށްފަހު ދިވެހި ސިފައިންގެ ބޭންޑުން ގައުމީ ސަލާމް ކުޅުނެވެ. މި ހަރަކާތް ނިންމާލާފައިވަނީ އަސްކަރީ ޕެރޭޑާއި ޕްރޮސެޝަންއިންނެވެ.

އަސްކަރީ ޕެރޭޑާއި ޕްރޮސެޝަން ބައްލަވާލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި އާންމުންގެ ގިނަ ބަޔަކުވެސް ބައިވެރިވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި