ކ. މާލެ
|
14 ޖޫން 2017 | ބުދަ 21:26
އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭނގޭ ކަމަށް އޮފިޝަލުން ބުނޭ
އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭނގޭ ކަމަށް އޮފިޝަލުން ބުނޭ
އޭއެފްޕީ
ލަންޑަންގެ އަލިފާނުގެ ހާދިސާ
ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވުން: މަރުވި މީހުންގެ އަދަދު 12 އަށް އަރައިފި
މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ފުލުހުން ބުނޭ
އިމާރާތުގައި އެތައް ބަޔަކު ތާށިވެފައިވާ ކަމަށް މަންޒަރު ދުށް އާއްމުން ބުނޭ

އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުގެ ހުޅަނގު ސަރަހައްދެއްގައި ހުންނަ އެޕާޓްމަންޓު ބްލޮކެއްގައި ބުދަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 12 އަށް އަރައިފިއެވެ.

މި އަދަދު މިއަށްވުރެ އިތުރުވާނެ ކަމަށް ފުލުހުން ލަފާކުރެއެވެ.

ލަންޑަނުގެ ނޯތު ކެންސިންޓަންގައި ހުންނަ 24 ބުރީގެ ގްރެންފެލް ޓަވަރުގައި އަލިފާން ރޯވެފައިވާ މަންޒަރު ދުށް މީހުން ބުނި ގޮތުގައި އިމާރާތުގެ ތެރޭގައި ތާށިވެފައި ތިބި ވަރަށް ގިނަ ބަޔަކު އެހީއަށް އެދި އެމީހުންގެ ކުދިން ސަލާމަތް ކޮށްދިނުމަށް ގޮވަމުން ދިޔަތަން ފެނިފައިވެއެވެ.

ލަންޑަން އެމްބިއުލާން ސާވިސް އިން ބުނާގޮތުން ހޮސްޕިޓަލުން 70 މީހަކަށް ފަރުވާދޭން ޖެހުނުއިރު 20 މީހެއްގެ ހާލު ސީރިއަސްއެވެ. އޭގެ ތެރޭގައި ސަލާމަތްވުމަށް އިމާރާތުން ފުންމައިލި ކުޑަކުދިންނާއި މީހުން ހިމެނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އަލިފާން ރޯވި 24 ބުރީގެ އިމާރާތް ބިމާ ހަމަވެދާނެ ކަމުގެ ބިރު ވެސް މިހާރު އެބައޮތެވެ.

ލަންޑަނުގެ ފަޔާ ކޮމިޝަނަރު ޑެނީ ކޮޓަން ވިދާޅުވީ ވަރަށް ބޮޑު ހާދިސާއެއް ކަމަށާއި މިފަދަ ކަމެއް އަދި އޭނާ ނުދެކޭ ކަމަށެވެ. ލަންޑަންގަޑިން މެންރު އެކެއް ޖެހިއިރު ފަޔަރ ކޮމިޝަނަރ ޑެނީ ކޮޓޮން ވިދާޅުވީ ފަޔަރ ފައިޓަރުން އިތުރު 24 ގަޑިއިރު ހާދިސާ ހިނގު ސަރަހައްދުގައި ތިބެން ޖެހިދާނެ ކަމަށެވެ. 12 ގަޑިއިރުވި އިރު އަލިފާންގަނޑު ކޮންޓްރޯލްވި ނަމަވެސް ދޭތެރެ ދޭތެރެއިން އެކި ދިމަދިމާ އިން ހުޅުފަޅައިގެން ދިޔަ މަންޒަރު ފެނުނެވެ.

އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭނގޭ ކަމަށް އޮފިޝަލުން ބުނެއެވެ. ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހާދިސާ ރިޕޯޓްކުރުމަށް ފުލުހުންނަށް ގުޅާފައިވަނީ ބުދަ ދުވަހުގެ ރޭ މެންދަމު 12:54ގައި ކަމަށެވެ. މި ހާދިސާ ހިނގާފައި ވަނީ 120 އަށް ވުރެ ގިނަ އާއިލާ ދިރިއުޅޭ އެ ބިލްޑިންގެ އެޕާޓްމަންޓެއްގައި ހުރި ފްރިޖެއްގައި ހުޅު ރޯވެގެންނެވެ.

އަލިފާން ރޯވި ގްރެންފެލް ޓަވަރަކީ 1974 ގައި އިމާރާތް ކޮށްފައިވާ 120 ފްލެޓް ހިމެނޭ ޓަވަރެކެވެ. ނަމަވެސް ދާދިފަހުން އިމާރާތުގެ އާބާރުތަ ފިލުވުމަށް 10.9 މިލިއަން ޑޮލަރު ހޭދަކޮށްފައި ވެއެވެ. ނަމަވެސް އަލިފާނުން ރައްކާތެރިވުމުގެ ނިޒާމު ގާއިމުކުރުމުގެ ޕްލޭން އަދި ވަނީ ނުނިމިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް