ކ. މާލެ
|
25 ޖުލައި 2022 | ހޯމަ 20:01
ދުވާލު ނިދުން
ދުވާލު ނިދުން
ސީ.އެން.އެން
އާންމު ސިއްހަތު
އާދަކޮށް ކުޑަ ވަގުތުކޮޅަކަށް ނިދާ މީހުންގެ ލޭމައްޗަށް ދިއުމުގެ ފުރުސަތު ބޮޑު: އައު ދިރާސާ
 
ނެޕަކަށް ވަނީ 15 ނުވަތަ ވިއްސަކަށް މިނިޓް ނިދާލުމުން

ނެޕްކުރުން ނުވަތަ ކުޑަވަގުތު ކޮޅަކަށް ނިދުމުގެ އާދަ ގެންގުޅޭ މީހުންގެ ލޭމައްޗަށް ދިއުމާއި އަދި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް، އަލަށް ހެދުނު ސިއްހީ ދިރާސާއަކުން ދައްކައިފިއެވެ.

އެމެރިކާގެ ހާރޓް އެސޯސިއޭޝަން ޖަރނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ބުނާގޮތުން، ދުވާލުގެ ވަގުތު ކުޑަ ވަގުތުކޮޅަކަށް ނިދުމުގެ އާދަ ގެންގުޅޭ މީހުންގެ ޕްރެޝަރު މައްޗަށް ދިއުމުގެ ފުރުސަތު 12 އިންސައްތަ ބޮޑެވެ. އަދި އެއްގޮތަކަށްވެސް މިގޮތަށް ނުނިދާ މީހުންނަށްވުރެ، ސްޓްރޯކް ޖެހުމުގެ ފުރުސަތުވެސް، ނިދާ މީހުންގެ މެދުގައި 24 އިންސައްތަ އިތުރެވެ. އުމުރުން 60 އަހަރަށްވުރެ ދަށްނަމަ ގިނަ ދުވަސްދުވަހު އެގޮތަށް ނިދާނަމަ، ލޭމައްޗަށްދިއުމުގެ ފުރުސަތު 20 އިންސައްތަ އިތުރުކަމަށް ދިރާސާ ބުނެއެވެ. އެމެރިކަން ހާރޓް އެސޯސިއޭޝަނުން ވަނީ، ފުރިހަމަ ނިދި އެއީ ހިތާއި ސިކުނޑި ފުރިހަމައަށް މަސައްކަތްކުރުމަށް ބޭނުންވާ 8 ކަންތަކުގެ ތެރެއިން މުހިންމު ކަމެއްގެގޮތުގައި ބަޔާންކޮށްފައެވެ.

ނިދުމާއި ކުޑަ ވަގުތުކޮޅަކަށް ނިދުމުގެ އަސަރު ދެނެގަތުމަށް ހެދި ދިރާސާގައި 350،000 މީހުން ބައިވެރިވެ، އެމީހުންގެ ނިދުމުގެ އާދަކާދަ ހުންނަގޮތާބެހޭ މައުލޫމާތު އިނގިރޭސި ވިލާތުގެ ބަޔޯ ބޭންކަށް ދީފައިވެއެވެ. ބަޔޯ ބޭންކަކީ އިނގިރޭސި ރައްޔިތުންގެ ސިއްހީ އެކި ކަންކަމާބެހޭ މައުލޫމާތު ރައްކާކޮށްފައިވާ ބޮޑު ޑޭޓާ ބޭހެކެވެ. މިޑޭޓާ ބޭހަށް، ދިރާސާގެ ބައިވެރިން ގަވާއިދުން ލެޔާއި ކުޑަކަމުދާ އެއްޗެއްސާއި، އަދި ކުޅުފަދަ އެއްޗެތީގެ ސާމްޕަލް ދޭންޖެހެއެވެ. އަދި ނިދި ހުންނަ ގޮތުގެ މައުލޫމާތު ދޭންޖެހެއެވެ. ނަމަވެސް ބައިވެރިން ބުނެފައިވާގޮތުން ނެޕްކުރަނީ ކިތައް ގަޑިއިރުތޯ ނާހައެވެ. ނަމަވެސް ބެލީ ދުވާލަކު ކިތައްފަހަރު ނެޕްކުރޭތޯއެވެ.

ޔުނިވަރސިޓީ އޮފް ސަދަން ކެލިފޯނިއާގެ ސްލީޕް ސްޕެޝަލިސްޓް ޑރ ރާޖް- ދަސްގުޕްތާ ވިދާޅުވެފައިވާގޮތުގައި، ގަޑި ދެގަޑިއިރަށް ނިދާނަމަ އެއީ ނެޕަކަށް ނުވެއެވެ. އޭނަ ވިދާޅުވިގޮތުގައި ރޭގަނޑުގެ ނިދި ހަމަޔަށް ނުލިބުނުނަމަ މެންދުރު ގަޑީގައި 15 ނުވަތަ ވިއްސަކަށް މިނިޓްގެ ޕަވަރ ނެޕަކުން ފުދެން ޖެހޭނެއެވެ. އޭނަ ވިދާޅުވިގޮތުގައި ބައްޔެއްގެ ސަބަބުން ރޭގަނޑު ނުނިދޭނަމަ ދުވާލު ގަޑީގަ ނެޕްކުރުން ރަނގަޅެއްނޫނެވެ. އެހެން ހަދާނަމަ އަނެއްރޭ ނިދަން އުނދަގޫވާނެއެވެ.

އާންމުގޮތެއްގައި ދުވާލު ގިނައިން ނެޕްކުރަނީ ގަވާއިދުން ރޭގަޑު ނުނިދޭ މީހުންނެވެ. އަދި މިއި ސިއްހީ މައްސަލަތަކެއް ހުރިކަމުގެ ނިޝާނެކެވެ. ގަވާއިދުން ނުނިދޭ މީހުންގެ ކިބައިގައި ބޮޑަށް ސްޓްރެސްވުމާއި ހޯމޯން މައްސަލަތައްވެސް ހުރުން ގާތެވެ. މީގެ އިތުރުން ހައި ބްލަޑް ޕްރެޝަރ، ޓައިޕް ޓޫ ޑައިބެޓީސް، ފަލަވުން، އަދި ހިތުގެ ބަލި އާންމުކަން ފާހަގަކުރެވިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް