ކ. މާލެ
|
25 ޖުލައި 2022 | ހޯމަ 15:09
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ދައުވާ އުފުލާފައިވާ ހުނޭސާ އާދަމް ނަސީރު (ހުނޫ)
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ދައުވާ އުފުލާފައިވާ ހުނޭސާ އާދަމް ނަސީރު (ހުނޫ)
ޓޮޕް މޮޑެލް މޯލްޑިވްސް
ޓިކްޓޮކް ތަރި ހުނޭސާގެ މައްސަލަ
ޓިކްޓޮކް ތަރި ހުނޭސާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި
 
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް
 
ހުނޭސާ ބަންދުން ދޫކޮށްލަމުން ގާޒީ ވަނީ 3 ޝަރުތެއް ކުރައްވާފައި
 
މި މައްސަލައިގައި ހުނޭސާގެ އިތުރު 2 މީހަކަށް ދައުލަތުން ދައުވާ އުފުލާފައިވޭ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ދައުވާ އުފުލާފައިވާ ހުނޭސާ އާދަމް ނަސީރު (ހުނޫ) ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފިއެވެ.

އޭނާ ބަންދުން ދޫކޮށްލާފައިވަނީ ހޯމަ ދުވަހު ކުރިއަށްދިޔަ އަޑުއެހުމުގައެވެ.

މި މައްސަލައިގައި ހުނޭސާގެ އިތުރު 2 މީހަކަށް ދައުލަތުން ދައުވާ އުފުލާފައިވެއެވެ. އެއީ ހުނައިން ބިން އަލީ، މއ. އުދުހޭކޮކާ އާއި، މުހައްމަދު އާދަމް، ޕެލަސްހައުސް/ ގއ. ދާންދޫއެވެ.

އެ 3 މީހުންވެސް ހައްޔަރު ކޮށްފައިވަނީ މާޗު މަހުގެ 28 ވަނަ ދުވަހު އެވެ.

ހުނައިސާއާއި ހުނައިނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ބަލާއިރު، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ، ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އަދި ޖަދުވަލު 1 ގައިވާ މައްސަތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.

އޭގެ އިތުރުން، މުޙައްމަދު އާދަމްގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި، ޖަދުވަލު 1 ގައިވާ މައްސަތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއެވެ. އޭނާ ވަނީ މި މައްސަލައިގައި ފެނިފައިވާ މަސްތުވާއެއްޗެހީގެ ޒިންމާވެސް ނަގާފައެވެ.

ހޯމަ ދުވަހުގެ އަޑުއެހުމުގައި ހުނޭސާއާއި ހުނައިނުގެ ބަންދު މުރާޖައާ ކުރިއަށް ގެންގޮސްފައިވާއިރު، މައްސަލަ ބައްލަވާ ގާޒީ ވަނީ ހުނައިނުގެ ބަންދު ދެމެހެއްޓުމަށް ނިންމަވާފައެވެ. ސަބަބަކީ މި މައްސަލައިގައި ފެނިފައިވާ މަސްތުވާތަކެތީގެ ޒިންމާ މުޙައްމަދު އާދަމް ނަގާފައިވީނަމަވެސް، އެތަކެތި ފެނުނު ތަނަކީ އޭނާވެސް އޭރު ދިރިއުޅެމުން ދިޔަ ތަނަށް ވުމާއި، އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ސީންއިން ކަމަށްވާތީއެވެ.

ހުނޭސާ ބަންދުން ދޫކޮށްލަމުން ގާޒީ ވަނީ 3 ޝަރުތެއް ކުރައްވާފައެވެ. އެއީ މާލެއިން ބޭރަށް ދާނަމަ އެންގުމާއި، އިތުރު ކުށަކަށް އަރައިނުގަތުމާއި، ޝަރީއަތަށް ފުރިހަމައަށް އެއްބާރުލުން ދިނުމެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލައިގައި މއ. އުދުހޭކޮކާ ގެއިން 353 ގްރާމް ޑައިމޯފިންއާއި، 18 ގްރާމް މެތު އަދި 139 ގްރާމް ކެނެބިސް ފެނިފައިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
23%
0%
8%
69%
0%
0%
ކޮމެންޓް