ކ. މާލެ
|
14 ޖޫން 2017 | ބުދަ 18:10
9 ވަނަ ދުންތަރި މަނިކް މެމޯރިއަލް ޓޭބަލް ޓެނިސް މުބާރާތުގެ ޗެމްޕިއަން ޓީމް ބްލޫ ފަޔާސް
9 ވަނަ ދުންތަރި މަނިކް މެމޯރިއަލް ޓޭބަލް ޓެނިސް މުބާރާތުގެ ޗެމްޕިއަން ޓީމް ބްލޫ ފަޔާސް
ޓީޓީ އެސޯސިއޭޝަން
ޓީޓީ
9 ވަނަ ދުންތަރި މަނިކް މެމޯރިއަލް ޓޭބަލް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ބްލޫ ފަޔާސް އިން ކާމިޔާބުކޮށްފި
މި މުބާރާތުގައި ޖުމަލް 8 ޓީމު ވަނީ ވާދަކޮށްފަ
މި މުބާރާތަކީ މަރުހޫމް ދުންތަރި އިމްރާހިމް މަނިކް ގެ ހަނދާނުގައި ބޭއްވި 9 ވަނަ ޓޭބަލް ޓެނިސް މުބާރާތް

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި 9 ވަނަ ދުންތަރި މަނިކް މެމޯރިއަލް ޓޭބަލް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން، ޒީސްތްގެ ކެޕްޓަން ކަމުގެ ދަށުގައި ކުޅުނު ބްލޫ ފަޔާސް އިން ކާމިޔާބުކޮށްފިއެވެ. ،

މި މުބާރާތުގެ ޗެމްޕިއަންކަން ބްލޫ ފަޔާސް އިން ކާމިޔާބުކުރީ އަންގާރަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި ޗަމިންދާގެ ކެޕްޓަން ކަމުގެ ދަށުގައި ކުޅުނު އޮރެންޖް ކްރަޝް އާއި ވާދަކޮށް ފޯރިގަދަ ކުޅުމަކަށްފަހު މެޗް ކާމިޔާބުކޮށްގެންނެވެ.

ފައިނަލް މެޗަށްފަހު ވަނައަށް ހޮވުނު ކުޅުންތެރިންނަށް އިނާމް ދެއްވީ، މަރުހޫމް ދުންތަރި އިބްރާހިމް މަނިކް އާއި އެކު ޓޭބަލް ޓެނިސް ކުޅުއްވި، ރާއްޖޭގެ ކުރީގެ މަޝްހޫރު ދެ ޓޭބަލް ޓޭނިސް ކުޅުންތެރިން ކަމަށްވާ އަލްފާޟިލް އަދީލް ޖަލީލް އާއި، އަލްފާޟިލް ޔޫސުޕް ހަލީމް އެވެ.

ޖުމްލަ 8 ޓީމު ވާދަކުރި މި މުބާރާތަކީ، މަރުހޫމް ދުންތަރި އިމްރާހިމް މަނިކް ގެ ހަނދާނުގައި ބޭއްވި 9 ވަނަ ޓޭބަލް ޓެނިސް މުބާރާތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް