ކ. މާލެ
|
14 ޖޫން 2017 | ބުދަ 17:50
މޮނާކޯއަށް ކުޅެމުން އަންނަ ކީލިއަން އެމްބަޕޭ
މޮނާކޯއަށް ކުޅެމުން އަންނަ ކީލިއަން އެމްބަޕޭ
ގޯލް.ކޮމް
ކީލިއަން އެމްބަޕޭ
މޮނާކޯގެ އެމްބަޕޭ ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލްއަށް ބަދަލުވަނީ!
އެމްބަޕޭ ހޯދުމަށް ޔުނައިޓެޑް، ޕީއެސްޖީ އަދި އާސެނަލްއިންވެސް މަސައްކަތްކުރޭ
މި ސީޒަނަށްފަހު އެމްބަޕޭ މޮނާކޯ ދޫކޮށްލުމަށްފަހު އެހެން ކްލަބަކށް ބަދަލުވާނެކަމަށް ބެލެވޭ

މޮނާކޯއަށް ކުޅެމުން އަންނަ ފްރާންސްގެ ސްޓްރައިކަރު ކީލިއަން އެމްބަޕޭ ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލް މެޑްރިޑަށް ބަދަލުވާން އުޅޭކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެމްބަޕޭ ހޯދުމަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑް، އާސެނަލް އަދި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ހިމެނެއެވެ.

އެގޮތުން މިދިޔަ އަހަރު މޮނާކޯއާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދާފައިވާ އެމްބަޕޭ ޓްރާންސްފާ ބާޒާރުގައި ކްލަބް ބަދަލުކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. އެހެންނަމަވެސް އޭނާ ބަދަލުވާނީ ކޮން ކްލަބަކަށް ކަން އަދި ކަށަވަރެއް ނުވެއެވެ.

އުމުރުން 18 އަހަރުގެ އެމްބަޕޭ މޮނާކޯއާއެކު އޭނާގެ ސީނިއާ ކެރިޔަރު ފަށާފައިވާއިރު، މިވީތަނަށް އޭނާ ވަނީ އެޓީމާއެކު ހޭދަކުރި ދެ ސީޒަނުގައި ކުޅުނު 58 މެޗުގައި 27 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ އެޓީމާއެކު މި ސީޒަނުގައި ލީގުވެސް ކާމިޔާބުކޮށްފައެވެ.

ފްރާންސްގެ ސީނިއާ ޓީމަށް ހަތަރު މެޗު ކުޅެފައިވާ އެމްބަޕޭ ވަނީ ފްރާންސްގެ 19 އަހަރުން ދަށުގެ ޓީމާއެކު މިދިޔަ އަހަރު 19 އަހަރުން ދަށޫގެ ޔޫރޯ ފުޓުބޯޅަ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގެ ފްރާންސްގެ އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް