ކ. މާލެ
|
14 ޖޫން 2017 | ބުދަ 17:32
ކިސަޑުގަނޑުގެ ތެރެއިން މަރުވެފައިވާ ބަކަރި އެއް ހިފައިގެން މީހަކު ދަނީ
ކިސަޑުގަނޑުގެ ތެރެއިން މަރުވެފައިވާ ބަކަރި އެއް ހިފައިގެން މީހަކު ދަނީ
އޭޕީ
ކިސަޑު ފޭބުން
ކިސަޑު ފައިބާ ބަންގްލަދޭޝް ހާސްކޮށްލައިފި
145 މީހުން މިހާތަނަށް މަރުވެއްޖެ
ގެއްލުން ލިބިފައިވަނީ ބަންގާޅުގެ އިރުދެކުނު ސަރަހައްދަށް

ހޯމަދުވަހު ކުރި ބޯ ވިއްސާރައާއެކު ކިސަޑު ފައިބާ އެތައް ބައެއްގެ ގެދޮރު ކިސަޑުގެ ތެރެއަށް ގެނބި އެތައް ބަޔަކު މި ހާދިސާގައި ބަންގްލާދޭޝްގައި މަރުވެއްޖެއެވެ. ވިއްސާރައިގެ ގެއްލުންތައް ލިބެމުންދަނީ ބަންގްލަދޭޝްގެ އިރު ދެކުނުގެ ބަންދަރުބަން އަށެވެ.

ވިއްސާރައިގެ ގެއްލުމާ ގުޅޭ ވީޑިއޯ ފްޓޭޖްތަކުން ކިސަޑުގައި ވަޅުލެވިފައި ތިބި މީހުން ސަލާމަތް ކުރުމަށް ފަކިރާ އިން ކޮނެގެން މީހުން ނަގާ މަންޒަރު ފެނެއެވެ.

ބަންގްލަދޭޝްގެ ޑިޒާސްޓަރ މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ވެރިޔާ ރިޔާޒް އަހްމަދު އަލް ޖަޒީރާއަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވަނީ، މި ހާދިސާއަކީ ކިސަޑުފޭބުމުގެ ސަބަބުން މިހާތަނަށް ބަންގްލަދޭޝްގެ ތާރީޚުގައި ކުރިމަތިވި އެންމެ ނުރައްކާތެރި ހާދިސާ ކަމަށެވެ. ބެލެވޭ ގޮތުގައި މަރުވި މީހުންގެ އަދަދު ސަތޭކަ ސާޅީސް ފަހަކަށް ވުރެ އުޅެނީ މަތީގައެވެ. މީގެ އިތުރުން އެތައް ބަޔަކު ޒަޚަމްވެ އެތައް ބަޔަކަށް އަނިޔާ ވެފައިވެއެވެ.

އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި މީހުން ސަލާމަތް ކުރުމުގައި އޮތް އެންމެ ބޮޑު ހުރަހަކީ މޫސުން ގޯސްވުމާއި، ކިސަޑުގެ ސަބަބުން މަގުތައް ބަންދުވެފައި ވުމާއި، ވަސީލަތްތައް މަދު ވުމެވެ.

ސަރުކާރުން ބުނެފައިވަނީ، ގެއްލުންތައް ލިބުމުގެ ކުރިން ނުރައްކަލުގެ އިންޒާރު ރައްޔިތުންނަށް ފޯރުކޮށްދެވުނު ކަމަށާއި ނަމަވެސް މީހުން އެ އަޑު ނޭހީ ކަމަށެވެ. އަދި ގެއްލުން ބޮޑުވީ އެކަމުގެ ސަބަބުން ކަމަށްވެސް ސަރުކާރުން ބުނެއެވެ.

ސަރުކާރުން ބުނެފައިވަނީ ޗިޓަގޮން، ބަންދަރުބަން، ރަންގަމަތި، އަދި ސަރުވާރުން ދިހާ ހާހަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދެވުނު ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް