ކ. މާލެ
|
22 ޖުލައި 2022 | ހުކުރު 13:58
ސުނާމީ ބިނާ ސަރަހައްދު
ސުނާމީ ބިނާ ސަރަހައްދު
ރާއްޖެއެމްވީ
މޫސުން ގޯސްވުން
ހއ އަތޮޅުން ތ އަތޮޅަށް ވައިޓް އެލަރޓް ނެރެފި
ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ

މޫސުން ގޯސްވެ، ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށެވެ. އަދި ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާ ކުރެވޭތީ އެ ސަރަހައްދަށް ވައިޓް އެލަރޓް ނެރެފައިވާކަމަށެވެ.

އެ އިދާރާއިން ބުނީ، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި އެ ސަރަހައްދަށް ވައިޓް އެލަރޓް ނެރެފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 10:30ން ހަވީރު 4:30އަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭހެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

ވައި ހުންނާނީ ހުޅަނގާއި ހުޅަނގު އުތުރުން މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

އުތުރާއި މެދުރާއްޖެތެރޭގައި އާދައިގެ ވަރަކަށް ކަނޑު ގަދަވާނެ ކަމަށާއި، ދެކުނުގައި އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. އަދި ވިލާގަނޑުގައި ހުރިހާ ހިސާބެއްގައި ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ.

ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާއި ދެމެދުއެވެ.

- ކޮމެންޓް