ކ. މާލެ
|
20 ޖުލައި 2022 | ބުދަ 23:51
މިސްޓަރ އޭޝިއާގެ މަގާމު ހޯދި އިންޑިއާގެ ޔަތިންދްރަ
މިސްޓަރ އޭޝިއާގެ މަގާމު ހޯދި އިންޑިއާގެ ޔަތިންދްރަ
ޓްވިޓާ / އަޙްމަދު މަޚްލޫފް
އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕް
މިސްޓަރ އޭޝިއާގެ މަގާމު އިންޑިއާގެ ޔަތިންދްރައަށް
މުބާރާތުގެ އެންމެ މޮޅު ގައުމަކަށް ހޮވުނީ އެންމެ ގިނަ މެޑަލް ހޯދި އިންޑިއާ

ރާއްޖޭގައި ބޭއްވި އޭޝިއާ ބޮޑީ ބިލްޑިން އަދި ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ މިސްޓަރ އޭޝިއާގެ ލަގަބު އިންޑިއާގެ ޔަތިންދްރަ ސިންހް ހޯދައިފިއެވެ.

ޔަތިންދްރަ މި މަގާމު ހޯދީ ބޮޑީ ބިލްޑިން ކެޓަގަރީގެ 85 ކިލޯގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. މުބާރާތުގެ ފައިނަލުގައި ރާއްޖޭގެ ބޮޑީ ބިލްޑިން 55 ކިލޯގެ ކެޓަގަރީގައި ރަން މެޑަލް ހޯދި މުހައްމަދު މޫސާ (މޯޑް) ވެސް ވާދަކުރިއެވެ. މޯޑަކީ އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތުގެ މިސްޓަރ އޭޝިއާ ކެޓަގަރީގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ ބޮޑީ ބިލްޑަރެވެ.

މުބާރާތުގެ އެންމެ މޮޅު ގައުމަކަށް ހޮވުނީ އެންމެ ގިނަ މެޑަލް ހޯދި އިންޑިއާއެވެ. މުބާރާތުގައި އެންމެ ގިނަ ރަން މެޑަލްވެސް ހޯދީ އިންޑިއާއިންނެވެ.

މި މުބާރާތުގައި ރާއްޖެއިންވެސް ވަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ރާއްޖެއިން ވަނީ މުބާރާތުގައި 6 މެޑަލް ހޯދާފައެވެ. އެއީ 3 ރަން މެޑަލްއާއި، 2 ބްރޯންޒް މެޑަލް އަދި 1 ރިހި މެޑަލްއެވެ.

- ކޮމެންޓް