ކ. މާލެ
|
20 ޖުލައި 2022 | ބުދަ 23:26
ޕީއެސްޖީގެ މެޗުގައި ލިއޮނެލް މެސީ
ޕީއެސްޖީގެ މެޗުގައި ލިއޮނެލް މެސީ
ޓްވިޓަރ
އައު ސީޒަނަށް ޕީއެސްޖީން ތައްޔާރުވުން
ގަލްޓިއޭގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން ޕީއެސްޖީ މޮޅުވެއްޖެ
ޕީއެސްޖީގެ ދެ ލަނޑު ޖަހައިދިނީ ލިއޮނެލް މެސީ އާއި ކަލިމުއެންޑޯ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ އައު ކޯޗު ކްރިސްޓޮފް ގަލްޓިއޭގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެއެވެ.

ގަލްޓިއޭގެ އިރުޝާދުގެ ދަށުން ޕީއެސްޖީން ކުޅުނު ފުރަތަމަ މެޗަކީ ޕްރީ ސީޒަންގެ އެކުވެރިކަމުގެ މެޗެކެވެ. އެ މެޗުގަައި ޕީއެސްޖީން ކުޅުނީ ކަވަސާކީ ފްރޮންޓޭލްއާ ދެކޮޅަށެވެ. އެ މެޗުގައި ޕީއެސްޖީގެ މުހިންމު ކުޅުންތެރިން ވަނީ ކުޅެފައެވެ. އޭގެ ތެރޭގައި ލިއޮނެލް މެސީ، ކީލިއަން އެމްބާޕޭ، ނޭމާ ޖޫނިއާ، ސަރޖިއޯ ރާމޯސް، އަޝްރަފް ހަކީމީ، ވިޓީނިއާ، އަދި ކިމްޕެމްބޭ ފަދަ ކުޅުންތެރިން ހިމެނެއެވެ.

ކަވަސާކީއާ ދެކޮޅަށް ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބުކުރީ 2-1 ންނެވެ. މެޗުގައި ޕީއެސްޖީގެ ދެ ލަނޑު ޖަހައިދިނީ ލިއޮނެލް މެސީ އާއި ކަލިމުއެންޑޯއެވެ. ކަވަސާކީގެ ހަމައެކަނި ލަނޑޑު ޖެހީ ޔަމަމުރާއެވެ. ޕްރީ ސީޒަންގެ ފަރިތަކުރުންތައް ޕީއެސްޖީން ކުރިއަށް ގެންދަނީ ޖަޕާނުގައެވެ.

އައު ކޯޗު ގަލްޓިއޭ އާއި ސްޕޯޓިން ޑިރެކްޓަރު ކަމްޕޯސްގެ އިތުރުން ޓީމުގައި ހިމެނޭ މުހިންމު ކުޅުންތެރިންނާއެކު ޕީއެސްޖީން އަންނަނީ ކުރިއަށް އޮތް ސީޒަނަށް ވަރުދަގަޔަށް ތައްޔާރުވަމުންނެވެ.

- ކޮމެންޓް