ކ. މާލެ
|
20 ޖުލައި 2022 | ބުދަ 14:36
މޫސުން
މޫސުން
ޙުސައިން މަޚްތޫމް
މޫސުން ގޯސްވުން
އައްޑޫ ފުވައްމުލައް ފިޔަވައި ހުރިހާ ހިސާބަކަށް ވައިޓް އެލަރޓް ނެރެފި
މި ސަރަހައްދަށް ވައިޓް އެލަރޓް ނެރިފައިވަނީ ހެނދުނު 11:00ން ފެށިގެން ހަވީރު 5:00 އަށް

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދެކުނު ފިޔަވައި ހުރިހާ ހިސާބަކަށް ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލަރޓް ނެރިފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި ސަރަހައްދަށް ވައިޓް އެލަރޓް ނެރިފައިވަނީ ހެނދުނު 11:00ން ފެށިގެން ހަވީރު 5:00 އަށެވެ.

އެއިދާރާއިން ބުނީ ބުދަ ދުވަހުގެ ހަވީރު 6:00 އާއި ހަމައަށް ރާއްޖެގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

ވައި ހުންނާނީ މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް، ހުޅަނގާއި ހުޅަނގު އުތުރުން އަޑިއަކު 13 މެލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް، ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނަކަމށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. އެ އިދާރާއިން ބުނީ 45 މޭލަށް ވައިގަދަވުން ވެސް އެކަށީގެންވާ ކަމަށެވެ.

އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.

ރާޅުގެ އުސްމިން ހުންނާނީ މެދުރާއްޖެތެރެއާއި އުތުރުގެ ހިސާބުގައި 4 ފޫޓާއި 7 ފޫޓާއި ދެމެދުގައި ކަމަށާއި، ދެކުނުގައި ހުންނާނީ 2 ފޫޓާއި 5 ފޫޓާއި ދެމެދުގައި ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

- ކޮމެންޓް