ކ. މާލެ
|
20 ޖުލައި 2022 | ބުދަ 07:20
ވިނަރެސް ފްލެޓްތައް
ވިނަރެސް ފްލެޓްތައް
ރާއްޖެއެމްވީ
ވިނަރެސް ފްލެޓުތައް
އާއްމުންނަށް ވިނަރެސް ފްލެޓުތައް ދެއްކުމުގެ އެންމެ ފަހު ދުވަހަކީ ބުރާސްފަތި ދުވަސް
ވިނަރެސް ފްލެޓުތައް ގަތުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފައި
ވިނަރެސް ފްލެޓުތައް ބަލަން ބޭނުންވާ ފަރާތްތަކުން ޖެހޭނީ ރަޖިސްޓްރީ ކުރަން

އާއްމުންނަށް ވިނަރެސް ފްލެޓުތައް ދެއްކުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ކަމަށް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ ވިނަރެސް ހައުސިން މަޝްރޫއުގެ އެޕާޓްމަންޓްތައް ދެއްކުމަށް އާއްމުންނަށް ހުޅުވާލި ފުރުސަތު 21 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 3:00 ގައި ބަންދުވާނެ ކަމަށެވެ. އެހެންވެ، އެ އެޕާޓްމަންޓުތައް ބަލާލަން ބޭނުންވާ ފަރާތްތަކުން ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރަޖިސްޓްރީ ކުރުމަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

މި އެޕާޓްމަންޓުތައް ބަލަން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީން ވަނީ ރަޖިސްޓްރީވުމަށް ހާއްސަ ޕޯޓަލެއް ހުޅުވާފައެވެ.

ވިނަރެސް އެޕާޓްމަންޓުތަކާއި މޮކްއަޕް އެޕާޓްމަންޓުތައް ދައްކާލަން އެޗްޑީސީން ފުރުސަތު ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 2 ވަނަ ދުވަހުއެވެ. މިހާތަނަށް ގިނަ ބަޔަކު ވަނީ އެ އެޕާޓްމަންޓުތައް ބަލައިފައި ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ. މި އެޕާޓްމަންޓުތައް ދައްކާލީ ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ބޭނުންވާ އެޕާޓްމަންޓެއް ހުންނާނެ ގޮތް ކުރިން ދައްކާލުމުގެ ބޭނުމުގައެވެ.

ސަރުކާރުން މިހާރު ވަނީ ވިނަރެސް އެޕާޓްމަންޓުތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވާލައިފައެވެ. އެގޮތުން އެޗްޑީސީގެ "މައި ހުޅުމާލެ" ޕޯޓަލް މެދުވެރިކޮށް 15 ސެޕްޓެމްބަރު 2022 އާ ހަމަައަށް ވަނީ ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

ވިނަރެސް މަޝްރޫއުގެ ދަށުން ޗައިނާގެ ސީއެމްއީސީއާ ހަވާލުކޮށްގެން 10 ޓަވަރުގެ މަސައްކަތް ކުރިއަށްގެންދެއެވެ. މި 10 ޓަވަރުގައި ޖުމްލަ 1344 ފްލެޓް ހަދާއިރު މިއީ މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދިޔަ ހައުސިން މަޝްރޫއުތަކުުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު މަޝްރޫއެވެ. މިހާތަނަށް ހިންގި އެންމެ ބޮޑު މަޝްރޫއަކީ ހިޔާ މަޝްރޫއެވެ.

- ކޮމެންޓް