ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގެ މަގާމުގައި އޮތް ޗައިނާގައި ތަފާތު 56 އަޞްލީ ދަރިކޮޅު ނުވަތަ އެތުނިކް ގުރޫޕުގެ މީހުން ދިރިއުޅެއެވެ. 26 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ ހުޅަނގުއުތުރުގެ ޝީންޖިއާންގް ސަރަހައްދަކީ، އެކި އަޞްލީ ދަރިކޮޅުގެ ގިނަ އަދަދެއްގެ ބަޔަކު އެއްތަނެއްގައި ބައްދަލުވެ އުޅޭ، ޘަޤާފީ ތަރިކަ މުއްސަނދި ސަރަހައްދެކެވެ.
ޝީންޖިއާންގްގައި 12 އަށްވުރެ ގިނަ އަޞްލީ ދަރިފަސްކޮޅުގެ ޖަމާއަތްތަކުން ދިރިއުޅޭތާ އެތައް ޖީލެއް ފާއިތުވެއްޖެއެވެ. ޗައިނާއަކީ އެތުނިކް ގުރޫޕުތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމަށް މަސައްކަތްތަކެއް ކުރާ ގައުމަކަށްވާއިރު، އަޞްލީ އެއްބައެއްވަންތަކަމުގެ ރަމްޒެއްގެ ގޮތުގައި ޗައިނާއިން ބޭނުން ކުރަނީ އަންނާރެވެ.
ސެޕްޓެމްބަރު 2019 ގައި ކުރިއަށް ގެންދިޔަ ނޭޝަނަލް ކޮމެންޑޭޝަން ކޮންފަރަންސް އޮން އެތުނިކް ޔުނިޓީ އެންޑް ޕްރޮގްރެސްގައި، ޗައިނާގެ ރައީސް ޝީ ޖީންޕިންގް ދެއްކެވި ވާހަކަފުޅުވެސް ހުރީ އެ ރޫހުގައެވެ.
އަޞްލީ ދަރިކޮޅުތަކުން އެއްބަޔަކު އަނެއް ބަޔަކު ބަލައިގަންނަންވީ އަންނާރު އޮށްތަކެއް ފަދައިން. އެންމެން އެކުގައި މަސައްކަތް ކުރަންވީ، ހުރިހާ އެންމެންގެ ޝާމިލުވުމާއި ބައިވެރިވުން އެކުލެވޭ، އެންމެންގެ ހިއްސާ އޮތް މުސްތަޤުބަލެއް ހޯދާ، ގައުމު ކުރިއަށް ނެރެންޝީ ޖީންޕިންގް؛ ޗައިނާގެ ރައީސް
ޝީންޖިއާންގްގެ ގިނަ ރަށްވެހިންނަކީ ތަފާތު އެކި އަސްލީ ދަރިކޮޅުތަކުގެ އާބާދުތަކުގައި މަސްހުނިވެފައިވާ ގޮތެއްގައި ދިރިއުޅެމުންދާ ބައެކެވެ. އެކި ދަރިކޮޅުތަކަށް ހާއްސަ ހަރަކާތްތަކުގައި އަނެއް ބަޔަކު ވީ ވަރަކުން ޝާމިލުވެ އުޅެއެވެ. އެއް ބަޔަކު އަނެއް ބައެއްގެ ގާތުން ކަންކަން އުނގެނި، ދަސްކޮށް ހަދައެވެ. އަސްލީ ދަރިފަސްކޮޅުގެ ސިންދަފާތުކަމުގެ ފުރިހަމަ މަންފާ ހޯދައެވެ.
އަވްޒަމްގަވްލް އަޒީޒް ނިސްބަތް ވަނީ ޝޫފޫ ކައުންޓީއަށެވެ. އޭނާގެ ފިރިމީހާއަކީ އަބްދުކިޔުމް ރޫޒީއެވެ. ރޫޒީ ދަނީ ޗައިނާއިން ގައުމީ ފެންވަރުގައި ހިންގާ ޕެއަރިންގް އެސިސްޓަންސް ޕްރޮގްރާޟްގެ ދަށުން އެ ސަރަހައްދަށް ޒިޔާރަތް ކުރި އެކުވެރިއެއް ކަމަށް ޝޫ ޝީކިއާންގެ ގާތުން މެންޑަރިން ބަސް ދަސް ކުރަމުންނެވެ.
ޝީންޖިއާންގްގައި ދިރިއުޅޭތާ އަހަރުތަކެއްވެފައިވާ ޝޫ ބުނި ގޮތުގައި އޭނާއާއި ރޫޒީގެ އާއިލާއާ ދެމެދު މިހާރު އޮތީ ގާތް ގުޅުމެއް އުފެދިފައެވެ. ރޫޒީ ހިންގާ ކުޑަކުޑަ މާ ބަގީޗާއިން ވިޔަފާރި ކޮށްދިނުމަށް، ކަސްޓަމަރުން ހޯދާ ދިނުމުގައިވެސް ޝޫ އެހީތެރިވެދެއެވެ. އެ ބަގީޗާއަކީ ރޫޒީގެ އާއިލާއަށް އާމްދަނީ ލިބޭ މުހިންމު މަސްދަރެކެވެ.
މަސައްކަތް ނިންމާލާފަ، އެމީހުންގެ ހާލު ބަލާލަން އަހަރަމެން އާންމު ގޮތެއްގައި ގޮސް އުޅެން. ގުއާންގްޒޫގައި އުޅޭ އިރު، އަހަރެންގެ ހުރިހާ ވަގުތެއް ހޭދަ ކުރަނީ ދަރިފުޅާއެކު. މިކޮޅަށް އައިސް އަހަރެން ހުންނަނީ އަބްދު ގާތުގަ. ބައެއް ފަހަރު ދަން އޭނަ ގޮވައިގެން ފިލްމު ބަލާށާ، ބާގާއެއް އެއްޗެއް ކާލާ ހަދަންވެސްޝޫ ޝިކިއާން؛ ޗައިނާ ރައްޔިތެއް
ޗައިނާގައި ކުރިއަށްގެންދާ ޕެއާރިންގް އެސިސްޓަންސް ޕްރޮގްރާމަކީ، ގައުމުގެ އެކި ހިސާބުތަކުން ޝީންޖިއާންގްއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫއެކެވެ. މަޝްރޫއުގެ ރަމްޒެއް ކަމުގައި ހަދާފައިވަނީވެސް އަންނާރެވެ.
ޝީންޖިއާންގްގެ އެންމެ ބޮޑު މިސްކިތުގެ ފަރުމާގައިވެސް އަންނާރު ބޭނުން ކޮށްފައި ހުއްޓެވެ. 56 އަންނާރު މާ ބޭނުންކޮށްފައިވާ އެ ފަރުމާ ރަމްޒުކޮށްދެނީ ޗައިނާގައި އޮތް 56 އަޞްލީ ދަރިފަސްކޮޅެވެ.
އިން އިދް ކާ މިސްކިތުގެ އިމާމް، މަމަތު ޖުމާވެސް ހުރީ އަޞްލީ ދަރިފަސްކޮޅުގެ ގުޅުން ބަދަހި ކުރުމުގެ ރޫހުގައެވެ.
ރައީސް ޝީވެސް ވިދާޅުވަނީ އަޞްލީ ދަރިފަސްކޮޅުގެ އެއްބައިވަންތަކަމަށް ފަރުވާތެރިވުމަށް. އަހަރަމެންގެ އަމިއްލަ ނަފުސުތައް ފަދައިން. އަޞްލީ ހުރިހާ ދަރިފަސްކޮޅަކުންވެސް ވާނެ އެއްބަޔަކު އަނެއް ބަޔަކު ބަލައިގަންނަން، އަހަރަމެން އެންމެންނީ އަންނާރު އޮށްތަކެއް ފަދައިންމަމަތު ޖުމާ؛ ޝީންޖިއާންގްގެ އެންމެ ބޮޑު މިސްކިތުގެ އިމާމު
ޝީންޖިއާންގްގެ ސްކޫލްތަކުގައިވެސް އަޞްލީ ދަރިފަސްކޮޅުތަކުގެ އެއްބައެއްވަންތަކަމުގެ ފިލާވަޅުތައް އުނގަންނައިދެއެވެ. ޘަޤާފަތުގައި ހުރި ތަފާތުތައް ވަޒަން ކުރަން ދަސްކޮށްދެއެވެ.