އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސައުދީ އަރަބިއްޔާ އަށް ވިއްކުމަށް ނިންމާފައިވާ ހަތިޔާރު ޕެކޭޖްގެ ބަޔަކަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ނުވަތަ ސެނެޓުން އަންގާރަ ދުވަހު ތާއިދުކޮށްފިއެވެ.
އެމެރިކާގެ ސެނެޓުގެ 53-47 ވޯޓުން، 500 މިލިއަން ޑޮލަރުގެ "ޕްރިސިޝަން ގައިޑެޑް މިއުނިޝަންސް" ސައުދީ އަށް ވިިއްކުމަށް ތާއިދު ކުރި އިރު ދާދި ފަހުން ސައުދީ ރިޔާދަށް ރައީސް ޓްރަމްޕް ވަޑައިގެން ސައުދީ އަށް 110 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ނިންމަވާފައިވާ ކަން ވަނީ ހާމަ ކުރައްވާފައެެވެ. ރިޕޯޓްތައް ބުނާ ގޮތުން 500 މިލިއަން ޑޮލަރުގެ "ޕްރިސިޝަން ގައިޑެޑް މިއުނިޝަންސް" އަކީ 110 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ ޑީލްގެ ތެރޭގައި ހިމެނޭ ބަޔެކެވެ.
ސައުދީ އަށް ހަތިޔާރު ވިއްކުމާ ބެހޭ ގޮތުން ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ ސައުދީ އާއި އެމެރިކާއާ މެދު ހަދާ ޑީލުގެ ސަބަބުން ސައުދީގެ އަސްކަރީ ގާބިލުކަން އިތުރުވާނެ ކަމަށާއި އަދި މިކަމުގެ ސަބަބުން އެމެރިކާ ރައްޔަތުންނަށް ވަޒީފާ ވެސް ލިބިގެން ދާނެ ކަމަށެވެ.
ހޯމަ ދުވަހު ސެނެޓުގެ މައިނޯރިޓީ ލީޑަރު ޗަކް ޝޫމާ ވިދާޅުވީ އޭނާ ހަތިޔާރު ވިއްކުމަށް ދެކޮޅު ހެދުމާއި ގުޅިގެން، ވެރިކަމުގައި އޮތް ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންތަކެއް ރިޕަބްލިކަނުން ނާއި ގުޅުނު ކަމަށެވެ. ރައީސް ޓްރަމްޕް ސައުދީ އަށް ހަތިޔާރު ވިއްކުން މަނާ ކުރުން ބްލޮކް ކުރުމާއި ބެހޭ ގަރާރު ސްޕޮންސާ ކުރެއްވީ ރިޕަބްލިކަން ޕާޓީގެ މެމްބަރު ރޭންޑް ޕޯލް އެވެ.
ސައުދީ އަށް ހަތިޔާރު ވިއްކުމަށް ފާޑު ވިދާޅުވާ މެމްބަރުން ވިދާޅުވަމުން ގެންދަވަނީ ޔަމަނުގައި ސައުދީގެ ރޯލް އަދާ ކުރާ ކުރުމުގައި އާންމުން މަރުވަމުންދާ ދިޔުމަށް ސައުދީން އިސްކަމެއް ނުދޭ ކަމަށެވެ.
ވޯޓުގެ ކުރިން އެމެރިކާ ސަރުކާރުގެ އޮފިޝަލުން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ގުޅިގެން ވޯޓު ކާމިޔާބު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރިއެވެ. ރައީސް ޓްރަމްޕް އަށް މި ވޯޓު ނާކާމިޔާބުވެވަޑައިގެންނެވި ނަމަ ވެގެން ދާނީ ގާނޫނު ހަދާ މަޖިލީހުގެ ގުނަވަނަކުން ސައުދީ އަށް ހަތިޔާރު ވިއްކުމުގެ ހުށަހެޅުމެއް، ވޭތުވެދިޔަ އަހަރުތަކެއްގައި ބްލޮކްކޮށްލި ފުރަތަމަ ފަހަރަށެވެ.