Advertisement
ކ. މާލެ
|
18 ޖުލައި 2022 | ހޯމަ 07:25
މަޓީން ބޭއްވި ހަފްލާގައި ރައީސް ސާލިހު ވާހަކަފުޅުދައްކަވަނީ
މަޓީން ބޭއްވި ހަފްލާގައި ރައީސް ސާލިހު ވާހަކަފުޅުދައްކަވަނީ
ރައީސް އޮފީސް
ފަތުރުވެރިކަމުގެ ވާދަވެރިކަން
ފަތުރުވެރިކަމުގެ ވާދަވެރިކަމުގެ ތެރޭގައި ރާއްޖޭގެ ނަން ދެމެހެއްޓޭނީ ޚާއްޞަ ސިފަތައް އެގޮތުގައި ދެމެހެއްޓިގެން – ރައީސް
ރާއްޖޭގެ ޖަޒީރާވަންތަ ސިފަތައް ނުގެއްލޭނެ ފަދަ ގޮތަކަށް، ފަތުރުވެރިކަމުގެ ޞިނާޢަތު ސިންދަފާތު ކުރުން މުހިންމު
ވާދަވެރިކަމުގެ ތެރޭގައި، ދިވެހިރާއްޖޭގެ ނަން ދެމެހެއްޓޭނީ، ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން
ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށް ޚާއްޞަ މަސައްކަތްތަކެއްކޮށް، އެކަމަށް ސަމާލުކަން ދޭން ޖެހޭ

ފަތުރުވެރިކަމުގެ ވާދަވެރިކަމުގެ ތެރޭގައި، ރާއްޖެގެ ނަން ދެމެހެއްޓޭނީ ދިވެހި ފަތުރުވެރިކަމުގެ ޚާއްޞަ ސިފަތައް އެގޮތުގައި ދެމެހެއްޓިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ކުރުނބާ މޯލްޑިވްސްގައި އާދީއްތަ ދުވަހު މަޓީން ބޭއްވި އެވޯޑް ހަފްލާ ޝަރަފުވެރިކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެ ޖަލްސާގައި ރައީސް ވިދާޅުވީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ވިޔަފާރީގައި މިހާރު އޮތީ ވަރަށް ވާދަވެރި މާޙައުލެއް ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަން ނަމޫނާއަކަށް ބަލައިގެން ފަތުރުވެރިކަން ތަރައްޤީކުރާ ކިތަންމެ މަންޒިލެއް މިހާރު އެބަހުރި ކަމަށާއި މި ވާދަވެރިކަމުގެ ތެރޭގައި، ދިވެހިރާއްޖޭގެ ނަން ދެމެހެއްޓޭނީ، ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ ތެރެއިންވެސް އެންމެ މުހިންމު ކަމަކީ، ދިވެހި ފަތުރުވެރިކަމުގެ ޚާއްޞަ ސިފަތައް އެގޮތުގައި ދެމެހެއްޓުން. ފަތުރުވެރިންގެ މަޤްބޫލު މަންޒިލަކަށް ރާއްޖެ ވެގެންދިޔައީ، މި ވެށީގެ ޞުލްޙަވެރިކަމާއި، އަމާންކަމާއި، ދިވެހިންގެ ހިތްހެޔޮކަމާއި ފުރިހަމަ މެހްމާންދާރީން. ހަމައެއާއެކު، ރާއްޖޭގެ ޤުދުރަތީ ރީތިކަން، ކަނޑުފަޅުގެ ރީތިކަމާއި، ރަށްތަކުގެ ހިތްފަސޭހަކަން. އެކަންކަން ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށް މިއަދުވެސް އަޅުގަނޑުމެން ޚާއްޞަ މަސައްކަތްތަކެއްކޮށް، އެކަމަށް ސަމާލުކަން އެބަ ދޭންޖެހޭ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

ރައީސް ވިދާޅުވީ މި ރާއްޖޭގެ ޖަޒީރާވަންތަ ސިފަތައް ނުގެއްލޭނެ ފަދަ ގޮތަކަށް، ފަތުރުވެރިކަމުގެ ޞިނާޢަތު ސިންދަފާތު ކުރުމަކީވެސް، މި ޞިނާޢަތުގެ ނަފާ އިތުރުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ޞިނާޢަތަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތައިލުމަކީވެސް، އަޅުގަނޑުމެންގެ ވިސްނުމުގައި ބަހައްޓަންޖެހޭނެ ކަމެއް ކަމަށެވެ.

ރައީސް ވަނީ ދިވެހި ފަތުރުވެރިކަމުގެ ޞިނާޢަތުގެ ހުރިހާ ފަންތިއެއްގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ވަރަށް ޚާއްޞަ ގޮތެއްގައި ޝުކުރު ދަންނަވާފައެވެ. ރާއްޖެއަށް ފަތުރުވެރިން އުފުލައިދޭ އެއަރލައިންތަކާއި ޓުއަރ އޮޕަރޭޓަރުންނަށްވެސް ޝުކުރު ދެންނެވިއެވެ.

އަދި ޓޫރިޒަމް މިނިސްޓްރީގެ އެންމެހައި މުވައްޒަފުންނަށާއި، ފަތުރުވެރިކަން އިޝްތިހާރު ކުރައްވާ އެމް.އެމް.ޕީ.އާރް.ސީ. އަށްވެސް އެމަނިކުފާނު ވަރަށް ޚާއްޞަ ޝުކުރެއް ދެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް