Advertisement
ކ. މާލެ
|
18 ޖުލައި 2022 | ހޯމަ 07:22
މަޓީން ބޭއްވި ހަފްލާގައި ޗަމްޕާ ހުސެއިން އަފީފު ވާހަކަދައްކަވަނީ
މަޓީން ބޭއްވި ހަފްލާގައި ޗަމްޕާ ހުސެއިން އަފީފު ވާހަކަދައްކަވަނީ
ރައީސް އޮފީސް
ކޮވިޑް މެނޭޖްކުރުން
ކޮވިޑް-19ގެ ތެރޭގައި ރައީސް ދެއްކެވި ނަމޫނާއަށް ޗަމްޕާ ހުސެއިން އަފީފުގެ ތައުރީފް
ރައީސް ދެއްކެވީ ޕްރައިވެޓް ސެކްޓަރ އާއި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރެވޭނެކަމުގެ ލާމަސީލު ނަމޫނާއެއް

ކޮވިޑް-19ގެ ތެރޭގައި އެންމެން އެކަތިގަނޑަކަށް ހައްދަވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ދެއްކެވީ ނަމޫނާއެއް ކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ ބާނީއެއްކަމުގައިވާ ޗަމްޕާ ހުސެއިން އަފީފު ވިދާޅުވެއްޖެއެވެ.

އަފީފު މިހެން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ކުރުނބާ މޯލްޑިވްސްގައި އާދީއްތަ ދުވަހު މަޓީން ބޭއްވި އެވޯޑް ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަފީފު ވިދާޅުވީ ކޮވިޑް-19ގެ އާލަމީ ވަބާގައި ރައީސް ސާލިހު ގެންގުޅުއްވި ވިސްނުމުން އެމަނިކުފާނުގެ ފަރާތްޕުޅުން ފެނިގެން ދިޔައީ ހިކުމަތާއި، ކުރިއަށް ދިއުމުގައި އެމަނިކުފާނު މަގު ތަނަވަސްކޮށްދެއްވި ގޮތް ކަމަށެވެ. އަދި އެ ސަބަބަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާ ކަމަށް އަފީފު ވިދާޅުވިއެވެ.

އަފީފު ވިދާޅުވީ ރައީސް ސާލިހުގެ ލީޑަރޝިޕްގެ ދަށުން މުޅި ގައުމު އެކަތިގަނޑަކަށް ހައްދަވާ ކޮވިޑުން އަރައިގަތުމަށް މަސައްކަތްޕުޅު ކުރެއްވި ކަމަށެވެ. އަދި އެއީ ޕްރައިވެޓް ސެކްޓަރާއި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރެވޭނެކަމުގެ ލާމަސީލު ނަމޫނާއެއް ކަމަށް އަފީފު ވިދާޅުވިއެވެ.

Advertisement

ކޮވިޑް-19 ވެގެންދިޔައީ، މިހާތަނަށް އެންމެ ހަލުވިކަމާއެކު މުޅި ދުނިޔެއަށް ފެތުރިގެންދިޔަ ވަބާއަށެވެ. އަދި އެ ވައިރަސް މުޅި ދުނިޔެ ހުއްޓުމަކަށް ގެނެސް، ޤައުމުތަކުގެ ބޯޑަރުތައް ބަންދުކުރަން ޖެހުނެވެ. އަދި ރާއްޖެ ފަދަ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށް، މިކަން ވީ ވަރަށް ދަތި އުނދަގޫ ކަމަކަށެވެ.

ދުނިޔޭގެ ޤައުމުތަކުގައި ކޮވިޑް-19 ފެތުރޭ ކަމުގެ ޚަބަރު ލިބުމާއެކު، އެންމެ ފުރަތަމަ ރައީސް ސާލިހު ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި މަޓީގެ ބޭފުޅުން ހިމެނެއެވެ. 2020 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ މެދުތެރޭގައި ބޭއްވި އެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަށްފަހު، ރާއްޖެއަށް ފަތުރުވެރިން އުފުލާ ބައެއް ފްލައިޓްތައް ކެންސަލު ކުރަން ޖެހުނެވެ. އަދި 27 މާޗް 2020 ގައި ރާއްޖޭގެ ބޯޑަރުތައް މުޅިން ބަންދުކުރަން ސަރުކާރުން ނިންމިއެވެ. އެއީ ވަރަށް ދަތި އުނދަގޫ ނިންމުމެއް ނަމަވެސް، އެ ނިންމުން ރައީސް ނިންމެވީ ބައެއް ބޭފުޅުންގެ ވިސްނުންފުޅާއި ދެކޮޅަށެވެ.

މީގެ އިތުރުން ތިން މަސްދުވަހަށްފަހު، ޖުލައި 15، 2020 ގައި ރާއްޖޭގެ ބޯޑަރުތައް ސަރުކާރުން އަލުން ހުޅުވައިލީ ވެސް، ބައެއް ފަރާތްތަކުގެ ވިސްނުމާ ދެކޮޅަށެވެ. އެހެން ނަމަވެސް، އެ ދަނޑިވަޅުގައި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައިލުމަށް ރައީސް ނިންމެވި ނިންމެވުމަކީ ޙަޤީޤަތުގައިވެސް ރަނގަޅު ނިންމުމެއްކަން މިއަދު ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް
18 ޖުލައި 2022 | ހޯމަ 08:31
ގިޔާސް
ދުނިޔޭގެ ގައުމުތައް ބަންދުވެ އެކަހެރިވި ހާލަތުގައި ސަރުކާރުން ކުރެއްވި ބުރަ މަސައްކަތަށް އައްސަރިބަހާ ސާބަސް! ރައްޔިތުންނަށް ދަތިކަންކަން ފިލުވައި ކާބޯތަކެތިގެ ސްޓޮކް ބެލެހެއްޓި މަދުގައުމުތެރޭ މިކުޑަކުޑަ ރާއްޖޭ ހިމެނޭ ކަމީ އުފާކުރުން ހައްގު ކަމެއް! ސާބަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ވަޒީރުން !