ކ. މާލެ
|
16 ޖުލައި 2022 | ހޮނިހިރު 07:23
އިތާފުށި
އިތާފުށި
ދުނިޔޭގެ އެންމެ މަގުބޫލު ހޮޓެލްތައް
ދުނިޔޭގެ އެންމެ މަގުބޫލު 100 ހޮޓެލުގެ ލިސްޓުގެ ކުރީގައި ރާއްޖޭގެ 2 ރިސޯޓް
މި ލިސްޓުގައި ހިމެނުނީ އިތާފުށި ރިސޯޓާއި ރީތިރަށް ރިސޯޓް

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މައުލޫމާތު ފޯރުކޮށްދޭ ޓްރެވަލް އެންޑް ލެޝަރ މަޖައްލާ އިން އާއްމު ކުރި މިއަހަރުގެ ދުނިޔޭގެ އެންމެ މަގުބޫލު 100 ހޮޓެލްގެ ތެރޭގައި ރާއްޖޭގެ 2 ރިސޯޓެއް ހިމެނިއްޖެއެވެ.

މި ލިސްޓުގައި ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން ހިމެނިފައިވަނީ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓްއާއި ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓްއެވެ. މި 2 ރިސޯޓުވެސް ހިމެނިފައިވަނީ ލިސްޓުގެ އެންމެ ކުރީގައެވެ. އެގޮތުން، އިތާފުށި ރިސޯޓު 3 ވަނައިގައި އޮތްއިރު ރީތިރަށް އޮތީ 5 ވަނައިގައެވެ.

ޓްރެވަލް އެންޑް ލެޝަރ އިން މި ލިސްޓަށް ހޮޓެލްތައް ހޮވަނީ ދުނިޔޭގެ އެކި ތަންތަނަށް ދަތުރުކުރާ މީހުންގެ ހިޔާލަށް ބަލައިގެންނެވެ. ކޮންމެ އަހަރަކު ވެސް އެ އަހަރެއްގެ އެންމެ މަގުބޫޅު ހޮޓެލްތައް އެ ކުންފުނިން ހޮވައެވެ. އެގޮތުން، ހޮޓެލްތައް ހޮވުމުގައި އެތަންތަނުން ފަތުރުވެރިންނަށް ލިބޭ ޙިދުމަތާއި، ތަޖުރިތިބާތަކަށް ބަލައެވެ.

މިއަހަރުގެ ދުނިޔޭގެ އެންމެ މަގުބޫލު ހޮޓެލް ލިސްޓުގައި 3ވަނައިގައި އޮތް ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓަކީ 2019 ވަނަ އަހަރު މާލެ އަތޮޅުގައި ހުޅުވި ރިސޯޓެކެވެ. ދުނިޔޭގެ މަޝްހޫރު ހިލްޓަން ބްރޭންޑުގެ ދަށުން ހިންގާ ލަގްޒަރީ ރިސޯޓް ބްރޭންޑް ވޮލްޑޯފް އެސްޓޯރިއާއިން ތަރައްޤީކުރި މި ރިސޯޓަށް ޓްރެވަލް އެންޑް ލެޝަރ އިން ދީފައިވަނީ 99.11 ޕޮއިންޓްއެވެ.

ލިސްޓުގެ 5 ވަނައިގައި އޮތް ރީތިރަށް ރިސޯޓަކީ ވެސް މާލެ އަތޮޅުގައި ތަރައްގީ ކޮށްފައިވާ ރިސޯޓެކެވެ. އެ ރިސޯޓަށް ލިބިފައިވަނީ 98.93 ޕޮއިންޓެވެ.

ދުނިޔޭގެ އެންމެ މަގުބޫޅު ހޮޓަލަކަށް މިއަހަރު ހޮވިފައިވަނީ އީޓަލީގެ ހޮޓަލެކެވެ. އިޓަލީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގެ އެންމެ މަގުބޫޅު ޤައުމުތަކުގެ ހޮޓެލްތަކާއި ރިސޯޓްތައް ވެސް މި ލިސްޓުގައި ހިމެނެއެވެ.

- ކޮމެންޓް