ކ. މާލެ
|
15 ޖުލައި 2022 | ހުކުރު 13:30
އިޒްރޭލްގެ ފްލައިޓުތަކަށްވެސް ސައުދީގެ ވައިގެ ސަރަޙައްދު ހުޅުވާލުމަށް މިހާރު ވަނީ ނިންމާފައި
އިޒްރޭލްގެ ފްލައިޓުތަކަށްވެސް ސައުދީގެ ވައިގެ ސަރަޙައްދު ހުޅުވާލުމަށް މިހާރު ވަނީ ނިންމާފައި
ސޯޝަލް މީޑިއާ
އިޒްރޭލާއި ސައުދީގެ ގުޅުން
އިޒްރޭލްގެ ފްލައިޓުތަކަށްވެސް ސައުދީގެ ވައިގެ ސަރަޙައްދު ހުޅުވާލަނީ
 
އިޒްރޭލާއެކު ބައިލެޓްރަލް ގުޅުން ޤާއިމުކޮށްފާނެކަމުގެ އެއްވެސް އިޝާރާތެއް ސައުދީން ދީފައި ނުވޭ
 
އެ ނިންމުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ މަރުޙަބާ ވިދާޅުވެފައި

އިޒްރޭލްގެ ފްލައިޓުތަކަށްވެސް ސައުދީގެ ވައިގެ ސަރަޙައްދު ހުޅުވާލުމަށް ނިންމައިފިއެވެ.

ސައުދީ އަރަބިއާއިން ވަނީ އިޒްރޭލް ހިމެނޭ ގޮތަށް ހުރިހާ ފްލައިޓުތަކަށްވެސް އެ ޤައުމުގެ ވައިގެ ސަރަޙައްދު ހުޅުވާލުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.

އެ ނިންމުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ މަރުޙަބާ ވިދާޅުވެފައެވެ. ވައިޓްހައުސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިސަރ ޖޭކް ސަލިވަން ވިދާޅުވާ ގޮތުގައި ސައުދީގެ އެ ނިންމުމަކީ ހަމަޖެހޭ އަދި ރައްކާތެރި މެދުއިރުމައްޗެއް ޤާއިމު ކުރުމަށް ކުރަމުންދާ މަސައްކަތަށް ކޮށިގެންދާނެ މަގެކެވެ. އެކަމަށްޓަކައި ރައީސް ބައިޑެންވެސް ސައުދީއަށް ޝުކުރު އަދާކުރައްވާކަން ސަލިވަން ފާހަގަ ކުރެއްވިއެވެ.

އެ ނިންމުން ހާމަކޮށްފައިވަނީ "ސައުދީ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން" (ގާސާ) އިންނެވެ. މިއީ އެ ސަރަޙައްދުގެ މައި ތިން ބައްރު ފަސޭހައިން ގުޅުވާލުމަށްޓަކައި އެޅި ފިޔަވަޅެއްކަން ގާސާއިން ނެރުނު ބަޔާނެއްގައި ވަނީ ފާހަގަކޮށްފައެވެ.

އެހެންނަމަވެސް، ސައުދީން އިޒްރޭލާއެކު ބައިލެޓްރަލް ގުޅުން ޤާއިމު ކޮށްފާނެ ކަމުގެ އެއްވެސް އިޝާރާތެއް ސައުދީން ދީފައި ނުވާކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

ދެ ޤައުމުގެ ދެމެދުގައި ރަސްމީކޮށް ގުޅުން ޤާއިމުކޮށްފައި ނެތްނަމަވެސް، ސައުދީން 2020 ވަނަ އަހަރު ވަނީ އިޒްރޭލް-ޔޫއޭއީ ފްލައިޓުތައް ނަމަ، އެ ޤައުމުގެ ސަރަޙައްދު ހުރަސް ކުރުމުގެ ހުއްދަ ދެއްވުމަށް ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް