ކ. މާލެ
|
14 ޖުލައި 2022 | ބުރާސްފަތި 22:32
ޑްރާގީ
ޑްރާގީ
ސީއެންބީސީ
އިޓަލީގެ ބޮޑުވަޒީރު އިސްތިއުފާދެއްވަނީ
އެއްބައިވަންތަކަން ނެތްކަމަށް ވިދާޅުވެ އިޓަލީގެ ބޮޑުވަޒީރު ޑްރާގީ އިސްތިއުފާދެއްވަނީ
 
ޑްރާގީ އިސްތިއުފާދެއްވަން ނިންމަވާފައިވަނީ އިޓަލީގެ ގަޑިން ހަވީރުގެ ވަގުތެއްގައި

ކޯލިޝަން ސަރުކާރުގެ އެއްބައިވަންތަކަން ނެތްކަމަށް ވިދާޅުވެ އިޓަލީގެ ބޮޑުވަޒީރު މާރިއޯ ޑްރާގީ އިސްތިއުފާދެއްވަން ނިންމަވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ނިންމެވީ ސަރުކާރުގެ ކޯލިޝަން ޕާޓީއެއް, ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ އިތުބާރު އޮތްކަމުގެ ވޯޓުގައި ބައިވެރިނުވުމުންކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ. އެ ވޯޓު ޑްރާގީ ކާމިޔާބުކުރެއްވިނަމަވެސް އިސްތިއުފާދެއްވާނެކަން މިހާރު ވަނީ އަންގަވާފައެވެ.

ބޮޑުވަޒީރުގެ އޮފީހުން އިޓަލީގެ ކެބިނެޓަށް ފޮނުވި ބަޔާނުގައި ބުނެފައިވަނީ، ޑްރާގީ އިސްތިއުފާދެއްވާނީ އިޓަލީ ގަޑިން ހަވީރުގެ ވަގުތެއްގައިކަމަށެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި، އިތުބާރުގެ ވޯޓުގައި ސަރުކާރު ކޯލިޝަންގެ ޕާޓީއަކުން ބައިވެރިނުވީ އެ ގައުމުގައި އަގުތައް މައްޗަށްދިއުމާމެދު ޑްރާގީއަށް އެކަށީގެންވާ މަސައްކަތްޕުޅެއް ނުކުރެއްވޭތީއެވެ.

ޑްރާގީ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތީ 5 ޕާޓީއެއްގެ ކޯލިޝަނާއެކު، 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް