ކ. މާލެ
|
14 ޖޫން 2017 | ބުދަ 09:50
މަރާވީ ސިޓީގައި ހަނގުރާމަވެރިންނާ ދެކޮޅަށް ހިންގާ އޮޕަރޭޝަނުގައި އެ ގައުމުން ވަނީ އެމެރިކާ ސިފައިންގެ އެހީ ހޯދާފަ
މަރާވީ ސިޓީގައި ހަނގުރާމަވެރިންނާ ދެކޮޅަށް ހިންގާ އޮޕަރޭޝަނުގައި އެ ގައުމުން ވަނީ އެމެރިކާ ސިފައިންގެ އެހީ ހޯދާފަ
ގޫގުލް
ފިލިޕީންސްގެ ކުއްލިހާލަތު
ފިލިޕީންސްގެ މަރާވީގެ ބޮޑުބައެއް އަސްކަރިއްޔާއިން ކޮންޓްރޯލް ކޮށްފި
ހަނގުރާމަވެރިންގެ ހަމަލާތައް ފަށާފައިވަނީ މެއި މަހުގެ 23 ވަނަ ދުވަހު
މާޝަލް ލޯ ތަންފީޒު ކުރަން ފަށާފައިވާ އެ ސަރަހައްދުގައި ސިފައިންގެ ކަންކަން ހުރި ގޮތާމެދު އާއްމުންދަނީ ސުވާލު އުފައްދަމުން

ފިލިޕީންސްގައި އައިއެސްއާ ބައިއަތު ހިފަން ވައުދުވެ ހަނގުރާމަ ކުރަމުންދާ ހަނގުރާމަވެރި ގްރޫޕްގެ އަތްދަށަށް ގެންދިޔަ މަރާވީ ސިޓީގެ 80 އިންސައްތަ ފިލިޕީންސްގެ އަސްކަރިއްޔާގެ ކޮންޓްރޯލުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އަސްކަރިއްޔާއިން ބުނެފިއެވެ.

މަރާވީގެ ބޮޑު ސަރަހައްދެއް ހަނގުރާމަވެރިންގެ އަތްދަށް ގެންދިއަތާ މިހާރުވަނީ ތިން ހަފްތާވެފައެވެ.

ސަރުކާރުގެ ވެރިން ވިދާޅުވަނީ  އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ހަނގުރާމަވެރިންނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ތާށިވެފައިވާ އެތައް ސަތޭކަ އާއްމުން ސަލާމަތް ކޮށްދިނުމަށްކަމަށެވެ.

ނަމަވެސް މާޝަލް ލޯ ތަންފީޒު ކުރަން ފަށާފައިވާ އެ ސަރަހައްދުގައި ސިފައިންގެ ކަންކަން ހުރި ގޮތާ މެދު އާއްމުންދަނީ ސުވާލު އުފައްދަމުންނެވެ.

މެއި މަހުގެ 23 ވަނަ ދުވަހު ހަނގުރާމަވެރިން ފެށި ހަމަލާތަކުގައި ކްރިސްޓިއަނުންގެ ފައްޅިތަކާއި ސިޓީ ޖަލު އަދި ދެ ސްކޫލެއްގައި ހުޅުޖަހައި މައި ދެ މަގާއި ސިޓީއަށް ދާން އޮންނަ ދެ ބްރިޖް ހިސާރުކޮށްފައިވެއެވެ

ފިލިޕީންސްގެ ދެކުނުގެ ރަށެއް ކަމަށްވާ މިންޑަނާއޯގައި 100 ވަރަކަށް މުސްލިމް ހަނގުރާމަވެރިންނާއި ސަރުކާރުގެ ފައުޖުތަކާއެކު ބަޑީގެ ހަމަލާތަކެއް ބަދަލުކުރުމަށް ފަހު މައި ސިޓީ، މަރާވީ ހަނގުރާމަވެރިންގެ އަތްދަށަށް ގެންދިއުމުން ރައީސް ރޮޑްރިގޯ ޑުޓާޓޭވަނީ އެ ރަށުގައި މާޝަލް ލޯ ތަންފީޒު ކުރައްވަން ފައްޓަވާފައެވެ.

އެ ސިޓީއަކީ 200،000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ސިޓީއެއްކަމަށްވާއިރު އެއީ މުސްލިމުންގެ އަދަދު ގިނަ ސިޓީއެކެވެ.

މާޝަލް ލޯގެ ދަށުން އަސްކަރިއްޔާއިން މީހުން ހިފާ ހައްޔަރުކޮށް، ދައުވާއެއް ނުކޮށް ދިގު މުއްދަތެއް ވަންދެން ހައްޔަރުކޮށްފައި ބޭތިއްބުގެ ފުރުސަތު ލިބިގެންދާނެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް