ކ. މާލެ
|
14 ޖޫން 2017 | ބުދަ 06:07
އެމެރިކާއާ ސައޫދީއާ ދެޤައުމުން ބޭއްވި ބައްދަލުވުމަށްފަހު
އެމެރިކާއާ ސައޫދީއާ ދެޤައުމުން ބޭއްވި ބައްދަލުވުމަށްފަހު
އަލްޖަޒީރާ
ގަތަރު މައްސަލަ
ގަތަރު މައްސަލަ ހައްލު ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް:އެމެރިކާ
އެމއެރިކާއިން އެހީތެރިވާނެ

ސައޫދީ އަރަބިއްޔާއާއި އެޤައުމާ ގުޅިފައިވާ ޤައުމުތަކާ ގަތަރާ ދެމެދު އޮތް މައްސަލަ ހައްލު ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތްކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ގަލްފުގެ ގައުމުތަކުގެ މެދުގައި ނުތަނަވަސްވެފައިވާ ޑިޕްލޮމެޓިކް ގުޅުންތައް ހައްލުކޮށްދިނުމުގައި ވަރަށް ބޮޑު ރޯލެއް އެމެރިކާއިން ކުޅޭނެ ކަމަށާއި މަޝްރަހު ފެންނަނީ އުއްމީދީ ގޮތަކަށް ކަމަށެވެ.

އެމެރިކާއިން މިހެން ބުނީ އަންގާރަ ދުވަހު މެންދުރުފަހު ވޮޝިންޓަންގައި ސައޫދީގެ ފޮރިން މިނިސްޓަރ އަދެލް އަލް ޖުބައިރު އާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލަރސަންއާ ދެބޭފުޅުން ބޭއްވި ބައްދަލުވުމަށްފަހު ތަރުޖަމާން ހީތަރ ނައުއެރޓް ނޫސްވެރިންނަށް ދިން ބަޔާނެއްގައެވެ.

އޭނާ ވިދާޅުވީ ދެބޭފުޅުންގެ ދެމެދުގައި ދެކެވުނު ވާހަކަތަކަށް ބަލާއިރު ގަލްފު މައްސަލައިގެ އުއްމީދު އެބައޮތް ކަމަށެވެ.

"ދެފަރާތުންވެސް ވާހަކަ ދެކެވުނީ މިވަގުތު އެކަމަށް ބޭނުންވާ ކަންކަމަށް. އެއްކޮށް އައުމަށާއި އެއްކޮށް މަސައްކަތް ކުރުމަށް،"ނައުއެރޓް ވިދާޅުވިއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް