ކ. މާލެ
|
12 ޖުލައި 2022 | އަންގާރަ 04:32
ކޮވިޑަށް ޓެސްޓުކުރުން
ކޮވިޑަށް ޓެސްޓުކުރުން
ރާއްޖެއެމްވީ
ކޮވިޑް19
މިދިޔަ ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދަށަށް
ޖޫން 19ން 25ށް ޕޮޒިޓިވްވީ 1202 މީހުން
މިދިޔަ ހަފްތާގައި ޕޮޒިޓިވްވީ 771 މީހުން

މިދިޔަ ހަފްތާގައި ކޮވިޑް-19 އަށް ޕޮޒިޓިވވި މީހުންގެ އަދަދު އޭގެ ކުރީގެ ހަފްތާތަކާ އަޅާ ބަލާއިރު މަދުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ހަފުތާގައި ރާއްޖޭން ޕޮޒިޓިވްވީ 771 މީހުންނެވެ. އޭގެ ކުރީ ހަފުތާގައި މި އަދަދު ހުރީ 1000 އިން މަތީގައެވެ.

އެޗްޕީއޭގެ ރިޕޯޓުތައް ދައްކާ ގޮތުގައި ޖޫން 19ން 25ށް ރާއްޖޭގައި 1202 މީހުން ކޮވިޑަށް ޕޮޒިޓިވްވިއެވެ. އަދި ޖޫން 26ން ޖުލައި 2ށް ޕޮޒިޓިވްވީ 1134 މީހުންނެވެ.

ނިމުނު ހަފްތާގައި ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު އޭގެ ކުރީގެ 2 ހަފްތާއާ އަޅާ ބަލާއިރު މަދު ނަމަވެސް މި ދުވަސްވަރު ކޮވިޑުގެ ކޭސްތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން، މިދިޔަ ޖޫން މަހުގެ 12ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ކޮވިޑުގެ ކޭސްތައް އަނެއްކާވެސް އިތުރުވަމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ރަނގަޅުވެ ކޭސްތައް ވަރަށް ބޮޑަށް މަދުވުމާއެކު ކޮވިޑާ ގުޅިގެން އަޅާފައިވާ ހުރިހާ ފިޔަވަޅެއް ވަނީ 13 މާޗު 2022 ގައި އުވާލައިފައެވެ. އެހެންނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް