ކ. މާލެ
|
14 ޖޫން 2017 | ބުދަ 04:02
ތުރުކީގެ ރައީސް އޮރދުޣާން:ގަތަރާމެދު އަޅާފައިވާ ފިޔަވަޅާމެދު ކަންބޮޑުވޭ
ތުރުކީގެ ރައީސް އޮރދުޣާން:ގަތަރާމެދު އަޅާފައިވާ ފިޔަވަޅާމެދު ކަންބޮޑުވޭ
އަލްޖަޒީރާ
ގަތަރު މައްސަލަ
ގަތަރާމެދު އަޅާފައިވާ ފިޔަވަޅަކީ އިސްލާމީ އުސޫލުތަކާވެސް ޚިލާފް ކަމެއް:ތުރުކީ
އެއީ އިންސާނިއްޔަތާވެސް ޚިލާފް ޢަމަލެއް
ސައޫދީ ރަސްގެފާނު މިކަން ހައްލު ކުރަން ޖެހޭނެ

ޤަތަރު އެކަހެރި ކުރުމަކީ އިސްލާމްދީނުގެ ހަމަތަކާއި ޚިލާފް އިންސާނިއްޔަތާވެސް ޚިލާފް ކަމެއް ކަމަށް ތުރުކީގެ ރައީސް ރަޖެޕް ތޮއްޔިބް އޮރުދުޣާން ވިދާޅުވެއްޖެއެވެ.

އޮރްދުޣާން މިހެން ވިދާޅުވީ ގަލްފްގައި ހިމެނޭ އަރަބި ޤައުމުތަކުގެ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ސައޫދީން އިސްނަގައިގެން ކުރަމުންދާ މަސައްކަތުގައި ގަތަރުއެކެހެރިކުރުމަށް ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

ތުރުކީގެ ޤާނޫން ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން އޮރުދުޣާން ވިދާޅުވީ ގަތަރަކީ ޓެރަރިޒަމާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކުރާ އެއް ޤައުމު ކަމަށާއި ޚާއްޞަކޮށް އެކަމުގެ ސަބަބުން ހާލުގައި ޖެހޭ ފަރާތްތަކަށް އެންމެބޮޑަށް އެހީވާ ޤައުމަކީ ޤަތަރު ކަމަށެވެ.

ސައޫދީއާއި ސައޫދީއާ ގުޅިފައިވާ ގައުމުތަކުން ތުރުކީއާމެދު ކޮށްފައިވާ ތުހުމަތަކީ ބަލައިގަންނަ ތުހުމަތެއް ނޫންކަމަށް ވިދާޅުވަމުން އޮރްދުޣާން ވިދާޅުވީ އެއީ އިންސާފެއްނެތި މަރުގެ އަދަބު ދިނުން ކަހަލަ ކަމެއް ކަމަށާއި އެޤައުމާމެދު އަޅާފައިވާ ފިޔަވަޅު އަނބުރާ ގެންދުމަށް ގޮވާލައްވާ ކަމަށެވެ.

" ގަލްފް ގައުމުތަކުގެ ލިޑަރގެ ހައިސިއްޔަތުންވެސް ސައޫދީ ރަސްގެފާނު ޖެހިވަދައިގަންނަވާނެ މިމައްސަލަ ހައްލު ކުރައްވަން. މިކަން ހައްލު ކުރުމުގައި ސައޫދީ ރަސްގެފާނު އިސްނަންގަވަން ޖެހިވަޑައިގަންނަވާނެ." އޮރްދުޣާން ވިދާޅުވިއެވެ.

 އޮރްދުޣާން ވިދާޅުވީ ޤަތަރާމެދު އެޅިފައިވާ ފިޔަވަޅަކީ ވަރަށް ބޮޑު މިސްޓޭކެއް ކަމަށާއި އެއީ އިންސާނިއްޔަތާ ޚިލާފް އަދި އިސްލާމީ އުސޫލުތަކާވެސް ޚިލާފް ކަމެއް ކަމަށެވެ. އަދި ޤަތަރު ނެތިކޮށްލުމަށް އެޅިފިޔަވަޅެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 

 

- ކޮމެންޓް
14 ޖޫން 2017 | ބުދަ 11:21
ahmed Naseem
Thanks to Thurkey president mr erodigan where is other muslim leaders