ކ. މާލެ
|
9 ޖުލައި 2022 | ހޮނިހިރު 14:27
ރާއްޖެ އަންނަ ފަތުރުވެރިން
ރާއްޖެ އަންނަ ފަތުރުވެރިން
ވެލާނާ އެއާޕޯޓް
ރާއްޖޭގެ ފަތުރުވެރިކަން
އިންޑިއާ މާކެޓުން އަންނަ ފަތުރުވެރިން އިތުރުވަނީ
މިހާތަނަށް 123،687 ފަތުރުވެރިން އިންޑިއާއިން އައިސްފައިވޭ
ޖުލައި މަހުގެ ފުރަތަމަ ހަ ދުވަހު 25،014 ފަތުރުވެރިން އައިސްފައިވޭ

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓުގެ ގޮތުގައި އަނެއްކާވެސް އިންޑިއާ ހިމެނިއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން, މި ހިނގާ ޖުލައި 5 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާއިން އައި ފަތުރުވެރިންގެ އަދަދު ވަނީ 123،687ށް އަރާފައެވެ. މިއާއެކު މިހާރު ރާއްޖޭގެ ޓޮޕް މާކެޓަކީ އިންޑިއާއެވެ.

އަހަރުގެ މިހާތަނަށް 838،225 ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ހާމަކޮށްފައިވެއެވެ. 2021 ވަނަ އަހަރުގެ މި މުއްދަތުގައި 526،080 ފަތުރުވެރިން އައިސްފައިވާއިރު، 2019 ވަނަ އަހަރުގެ މި މުއްދަތުގައި 886،177 ފަތުރުވެރިން ވަނީ އައިސްފައިވެއެވެ. މި ހިނގާ ޖުލައި މަހުގެ ފުރަތަމަ ހަ ދުވަހު 25،014 ފަތުރުވެރިން ވަނީ އައިސްފައެވެ.

މިހާރު ޓޮޕް މާކެޓުގެ ގޮތުގައި އިންޑިއާ އޮތްއިރު، އިންޑިއާގެ އިތުރުން އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓުތަކުގެ ތެރޭގައި ހިމެނެނީ އިނިގިރޭސިވިލާތް، ރަޝިއާ، ޖަރުމަނު، އިޓަލީ، އެމެރިކާ، ފްރާންސް، ސްވިޒަރލޭންޑް، ސައުދީ އަރަބިއާ އަދި ސްޕެއިންއެވެ.

ކޮވިޑް-19އާ ގުޅިގެން 2020 އަދި 2021 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު އަސަރެއް ކުރިއެވެ. މިއަހަރުވެސް ރަޝިއާއާއި ޔޫކްރެއިންގެ ހަމަނުޖެހުންތަކާ ގުޅިގެން، އަހަރުގެ ކުރީކޮޅު ފަތުރުވެރިކަމަށް އަސަރު ކުރިނަމަވެސް، އެ ގައުމުން އަލުން ދަތުރުތައް ފެށުމާއެކު އަދަދުތައް އަންނަނީ ރަނގަޅު ވަމުންނެވެ. މި އަހަރު ނިމޭއިރު 2019ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން އޮތްވަރަށް މާކެޓް ރަނގަޅުކުރެވޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރެއެވެ.

- ކޮމެންޓް