ކ. މާލެ
|
7 ޖުލައި 2022 | ބުރާސްފަތި 07:16
ޓެޑްރޮސް އަދަނޮމް - ޑަބްލިއެޗްއޯ ޑިރެކްޓަރ ޖެނެރަލް
ޓެޑްރޮސް އަދަނޮމް - ޑަބްލިއެޗްއޯ ޑިރެކްޓަރ ޖެނެރަލް
އަލްޖަޒީރާ
މަންކީޕޮކްސް
58 ގައުމަކުން 6000 އަށްވުރެ ގިނަ މަންކީޕޮކްސް ކޭސް ފެނިއްޖެ
މަންކީޕޮކްސް، ދުނިޔޭގެ ހެލްތު އިމަރެޖެންސީއެއްގެ ގޮތުގައި މި މަހު ކަނޑައަޅާނެ ކަމަށް ލަފާކުރެވޭ

ދުނިޔޭގެ 58 ޤައުމަކުން މިހާތަނަށް 6000 އަށްވުރެ ގިނަ މަންކީޕޮކްސް ކޭސްތައް ފެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.

ޖެނީވާގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވީ ދުނިޔެއިން މަންކީޕޮކްސްގެ ކޭސްތައް ފެންނަ އަދަދު އިތުރުވަމުން ދިޔުމާ ގުޅިގެން އދ. އިން ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި ޖުލައި 18 ނުވަތަ އޭގެ ކުރިން މަންކީޕޮކްސް ވައިރަހަކީ ދުނިޔޭގެ ހެލްތު އިމަރޖެންސީއެއްގެ ގޮތުގައި ކަނޑައަޅާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އދ. ގެ ހާއްސަ ކޮމިޓީން ވަނީ ޖޫން 27 ގައި ވެސް މަންކީޕޮކްސްއާ ގުޅޭގޮތުން ހާއްސަ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ނިންމީ އަދި އެ ވައިރަސް ދުނިޔޭގެ ހެލްތު އިމަރޖޭންސީއަކަށް ނުވާ ކަމަށެވެ.

ޓެޑްރޯސް ވިދާޅުވީ މަންކީޕޮކްސް ފެތުރެމުންދާ ހަލުވިކަމަށް ބަލައި ކަންބޮޑުވެވަޑައި ގަންނަވާކަމަށެވެ. އަދި ޓެސްޓު ކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން މިހާތަނަށް ފެނުނުވަރަށްވުރެ އިތުރަށް ބަލި ޖެހިފައިވާ މީހުން ތިބުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

މިހާތަނަށް މަންކީޕޮކްސް ފެނިފައިވާ ޤައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ އާއި ސިންގަޕޫރާއި ސައުތު ކޮރެއާ އާއި ޓައިވާނާއި އެމެރިކާ އާއި ކޮލަމްބިއާ އާއި ކެނެޑާ އާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނު އަދި ނޯވޭ އާއި ސްވިޑަން އާއި ޕޮލެންޑާއި ކްރޮއޭޝިއާ ފަދަ ޤައުމުތައް ހިމެނެއެވެ.

- ކޮމެންޓް