ކ. މާލެ
|
6 ޖުލައި 2022 | ބުދަ 18:04
ކަރެކްޝަނަލް ސަރވިސްގެ ބަންދުގައި ތިބޭ ކުޑަކުދިންނަށް ތައުލީމު ފޯރުކޮށްދިނުމަށްޓަކައި އެމްއޯޔޫގައި ސޮއިކުރުމުން
ކަރެކްޝަނަލް ސަރވިސްގެ ބަންދުގައި ތިބޭ ކުޑަކުދިންނަށް ތައުލީމު ފޯރުކޮށްދިނުމަށްޓަކައި އެމްއޯޔޫގައި ސޮއިކުރުމުން
އެޑިއުކޭޝަން މިނިސްޓްރީ
ތައުލީމު ފޯރުކޮށްދިނުން
ކަރެކްޝަނަލް ސަރވިސްގެ ބަންދުގައި ތިބޭ ކުޑަކުދިންނަށް ތައުލީމު ފޯރުކޮށްދިނުމަށްޓަކައި އެމްއޯޔޫއެއްގައި ސޮއިކޮށްފި
އެ ދަރިވަރަކު ބަންދުގައި ހުރި ކަސްޓޯޑިއަލް ހުންނަ ރަށެއްގެ ސްކޫލެއް މެދުވެރިކޮށް ކިޔެވޭނެ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބަންދުގައި ތިބޭ ކުޑަކުދިންނަށް ތައުލީމު ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގެ މަގުސަދަކީ; ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު)ގެ 21 ވަނަ މާއްދާއާއި، ގާނޫނު ނަންބަރު 24/2020 (ތައުލީމުގެ ގާނޫނު)ގެ 6 ވަނަ މާއްދާއާއި، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު)ގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގެ މަތިން، ބަންދެއްގައި ކުއްޖަކު ބަހައްޓަންޖެހޭ ހާލަތުގައި ވިޔަސް އެއްވެސް ތަފާތުކުރުމެއްނެތި ކުއްޖާގެ އުމުރުފުރައާ ގުޅޭގޮތަށް ކުއްޖާއަށް ތައުލީމު ލިބިދިނުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

މިގޮތުން ދަރިވަރުންގެ ކިޔެވުން ރާވައި ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، އެ ދަރިވަރަކު ބަންދުގައި ހުރި ކަސްޓޯޑިއަލް ހުންނަ ރަށެއްގެ ސްކޫލެއް މެދުވެރިކޮށެވެ. އަދި މިކަން ކުރުމަށް އެހީތެރިވެދޭނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިންނެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ޕަރމަނެންޓް ސެކްރެޓަރީ އަހުމަދު އަލީއެވެ. އަދި މޯލްޑިވްސް ކަރެންޝަނަލް ސަރވިސަސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް، އަހުމަދު މުހައްމަދު ފުޅެވެ.

- ކޮމެންޓް