Advertisement
ކ. މާލެ
|
6 ޖުލައި 2022 | ބުދަ 18:07
ޝެފް މަހާ - މާސްޓަރ ޝެފްގެ ލަގަބު ވަނީ ލިބިފައި
ޝެފް މަހާ - މާސްޓަރ ޝެފްގެ ލަގަބު ވަނީ ލިބިފައި
ރާއްޖެއެމްވީ
ޝެފް މަހާ
ޝެފް މަހާ އަށް މާސްޓަރ ޝެފްގެ ލަގަބު ލިބިއްޖެ
މަހާ އަކީ ސިންގަޕޫރުގެ ކްރިއޭޓިވް ކަލިނަރޭ އިން ކަލިނަރީ އާޓްސް އެންޑް ކުއިޒިން އިން ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭކަނބަލެއް
މަހާ އަކީ ވޯލްޑް ޝެފްސް އެޕްރޫވްޑް ޕޭސްޓްރީ ރޫކީ ޖަޖެއް

މާސްޓަރ ޝެފް ސޮސައިޓީ އޮފް ދަ ވޯލްޑްގެ ފަރާތުން މާސްޓަރ ޝެފްގެ ލަގަބު ލިބުނު ފުރަތަމަ ދިވެހި ޝެފްއަކަށް އޮގާ ރިސޯޓުގެ ކްރިއޭޓިވް ކަލިނަރީ ޑިރެކްޓަރ ޝެފް މަހާ ނަސީރު ވެއްޖެއެވެ.

މަހާ އަކީ ސިންގަޕޫރުގެ ކްރިއޭޓިވް ކަލިނަރޭ އިން ކަލިނަރީ އާޓްސް އެންޑް ކުއިޒިން އިން ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭކަނބަލެކެވެ. އަދި މިހާރު ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވާ އަދި ވޯލްޑް ޝެފްސް އެޕްރޫވްޑް ޕޭސްޓްރީ ރޫކީ ޖަޖެކެވެ. މަހާ ވަނީ ފާއިތުވީ އަހަރުތަކުގެ ތެރޭގައި ގައުމީ އަދި ބައިނަލްއަގްވާމީ އެތައް އެވޯޑުތަކެއް ހާސިލްކުރައްވާފަ އެވެ.

Advertisement

50 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ވޯލްޑް މާސްޓަރ ޝެފްސް ސޮސައިޓީއަކީ ވޯލްޑް މާސްޓަރ ޝެފްގެ ލަގަބު ދިނުމަށް ސެޓްފިކެޓް ލިބިފައިވާ ހަމައެކަނި ސޮސައިޓީ އެވެ.  މަހާއަކީ މިހާރު ރާއްޖޭގައި ތިބި މަދު އަންހެން އެގްޒެކެޓިވް ޝެފުންގެ ތެރެއިން އެކަކެވެ.

ވޯލްޑް މާސްޓަރ ޝެފްސް ސޮސައިޓީ އަކީ 50 ގައުމެއްގައި 200 އަށް ވުރެ ގިނަ މެމްބަރުން ތިބި ޚާއްސަ ހުނަރުވެރި ޕްރޮފެޝަނަލް ޝެފުން ނަށް ހާއްސަކޮށްގެން އުފައްދާފައިވާ ދުނިޔޭގެ މަޝްހޫރު ޝެފް ސޮސައިޓީއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް
6 ޖުލައި 2022 | ބުދަ 21:56
ޢަލީ ވިލާ
ޥަރަށް އުފާވެއްޖެ މަހާގެ ކާމިޔާބީއަށް.