ކ. މާލެ
|
13 ޖޫން 2017 | އަންގާރަ 20:31
ވާރލްޑްކަޕަށް ކޮލިފައިވުމުން އިރާން ކުޅުންތެރިން އުފާފާޅުކުރަނީ
ވާރލްޑްކަޕަށް ކޮލިފައިވުމުން އިރާން ކުޅުންތެރިން އުފާފާޅުކުރަނީ
ޓްވިޓަރ
ވާރލްޑްކަޕް
ވާރލްޑްކަޕް: އުޒްބަކިސްތާން ބަލިކޮށް އަންނަ އަހަރުގެ މުބާރާތަށް އިރާން ކޮލިފައިވެއްޖެ
އިރާން ވަނީ ކުޅުނު 8 މެޗުން 20 ޕޮއިންޓް ހޯދާފައި

ވާރލްޑްކަޕް ކޮލިފައިންގައި އުޒްބަކިސްތާން ބަލިކޮށް އަންނަ އަހަރު ރަޝިއާގައި އޮންނަ ވާރލްޑްކަޕް މުބާރާތަށް އިރާން ކޮލިފައިވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗުން އުޒްބަކިސްތާން އަތުން އިރާން މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ.

މެޗުގައި އިރާނަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ސަރްދާރް އަޒްމޯން އަދި މެހްދީ ޓަރެމީ އެވެ. މީގެއިތުރުން މެޗުގައި އިރާނަށް ވަނީ ޕެނަލްޓީއެއްވެސް ލިބި ބޭކާރުވެފައެވެ.

އޭޝިއަން ކަޕްގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ އިރާން އަކީ ފަސް ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލްއާއެކު އަންނަ އަހަރު ރަޝިއާގައި އޮންނަ ވާެރލްޑްކަޕަށް ކޮލިފައިވި ދެވަނަ ޓީމެވެ.

އިރާން ވާރލްޑްކަޕްގެ ޖާގައެއް ހޯދުމާއެކު އެގައުމުގެ ރައީސް ހަސަން ރޫހާނީ ވަނީ ޓީމަށް މަރުހަބާ ވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، އިރާން ޓީމުން މުޅި ގައުމު އުފާކޮށްދީފައިވާ ކަމަށާއި، މިއީ އުފާކުރަންވީ ވަގުތު ކަމަށެވެ.

އިރާން ޓީމުން ހޯދި ކާމިޔާބީއާއެކު ޓެހެރާންގައި އިރާންގެ ދިދައާއެކު ވަނީ އުފާފާޅުކޮށްފައެވެ. މި އެއްވުމުގައި އިރާންގެ ގިނަ އަދަދެއްގެ ރައްޔަތުން ވަނީ ބައިވެރިވެފައެވެ.

ކޮލިފައިންގެ ގްރޫޕް އޭގައި ހިމެނުނު އިރާން ވާރލްޑްކަޕަށް ކޮލިފައިވީ ކުޅުނު 8 މެޗުން ހޯދި 20 ޕޮއިންޓާއެކުގައެވެ. އެޓީމާ އެންމެ ކައިރިން ވާދަކުރާ ކޮރިއާ ރިޕަބްލިކަށް ލިބިފައިވަނީ 13 ޕޮއިންޓެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް