ކ. މާލެ
|
6 ޖުލައި 2022 | ބުދަ 12:09
ފިތުރު އީދު ދުވަހުގެ އީދު ނަމާދުގެ ތެރެއިން
ފިތުރު އީދު ދުވަހުގެ އީދު ނަމާދުގެ ތެރެއިން
ރާއްޖެއެމްވީ
އަޟްޙާ ޢީދު
މިފަހަރު އަޟްޙާ ޢީދު ނަމާދު ކުރާނީ ބޮޑު ޖަމާޢަތުގައި
މާލެ، ވިލިމާލެ، އަދި ހުޅުމާލޭގައި ބޮޑު ޖަމާޢަތުގައި އަޟްޙާ އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވޭ

1443 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދުކުރާނީ ބޮޑު ޖަމާޢަތުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ގްރޭޓާ މާލެ އޭރިޔާއިން މާލެ، ވިލިމާލެ، އަދި ހުޅުމާލޭގައި ބޮޑު ޖަމާޢަތުގައި އަޟްޙާ އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. ބޮޑު ޖަމާޢަތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާލެ މާފަންނު ސްޓޭޑިއަމް، ހުޅުމާލެ ސްޓޭޑިއަމް (ސިންތެޓިކް ޓްރެކް) އަދި ވިލިމާލެ ބޯޅަދަނޑު ގައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ޢީދު ނަމާދަށްދާއިރު ސަމާލުކަން ދޭންވީ ކަންތައްތަކެއް ފާހަގަކޮށްފައެވެ. އެގޮތުން ކޮންމެ ނަމާދަކަށް ދާއިރުވެސް ގެއިން ވުޟޫކޮށްގެން ދިއުމާއި އަމިއްލަ މުސައްލައެއް ގެންދިޔުމާއި އަމިއްލަ ފެންފުޅިއެއް ހިފައިގެން ދިޔުމާއި އަރައިގެންދާ ފައިވާން ބޫޓު ލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ގެންދިޔުމަށް ހަނދާން ކޮށްދީފައިވެއެވެ. އަދި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް ނިންމި ނަމަވެސް މޫސުން ތަންނުދޭނަމަ ޢީދު ނަމާދު ކުރުން އޮންނާނީ މިސްކިތްތަކުގައި ކަމަށް މިނިސްޓްރީން ބުނެއެވެ.

ކޮވިޑް-19ގެ ސަބަބުން މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން މެދު ކަނޑާލާފައި އޮތުމަށްފަހު މިއަހަރުގެ ފިތުރު އީދު ނަމާދު ކުރުން ވެސް އޮތީ ބޮޑު ޖަމާއަތުގައެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ފާއިތުވި ދެ އަހަރު ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރި ނަމަވެސް ގައިދުރުކަމާއެކު މިސްކިތްތަކުގައި ވަނީ އީދު ނަމާދުކޮށްފައެވެ. ނަމަވެސް 2020 ވަނަ އަހަރުގެ ފިތުރު އީދާ ބައްދަލުވެފައިވަނީ ކޮވިޑް-19 އާ ގުޅިގެން މުޅި ރާއްޖެ ލޮކްޑައުންކޮށްފައި ވަނިކޮންނެވެ. އެހެންކަމުން އެފަހަރު މާލޭގައި މިސްކިތްތަކުގައިވެސް އީދު ނަމާދުކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން ފަށާފައިވަނީ 2012 ވަނަ އަހަރުއެވެ.

- ކޮމެންޓް