ކ. މާލެ
|
6 ޖުލައި 2022 | ބުދަ 10:21
ސްޓީވަން ބާގްވިން
ސްޓީވަން ބާގްވިން
ޓްވިޓަރ
ބާގްވިން ޓޮޓެންހަމް ދޫކޮށްލުން
ބާގްވިން އަޔެކްސްއަށް ބަދަލުވަނީ
ބުދަ ދުވަހު މެޑިކަލް ޓެސްޓު ހެދުމަށްފަހު، އެއްބަސްވުމުގައި ސޮއިކުރާނެ

ޓޮޓެންހަމަށް ކުޅެމުން އައި ނެދަލޭންޑްސްގެ ސްޓީވަން ބާގްވިން އެ ޓީމު ދޫކޮށް އަޔެކްސްއަށް ބަދަލުވާން ނިންމައިފިއެވެ.

އަޔެކްސް އިން ބާގްވިން ގެންދަނީ ޓޮޓެންހަމަށް 30 މިލިއަން ޔޫރޯ ދެއްކުމަށްފަހުއެވެ. އެ އަގަކީ ޓޮޓެންހަމުން ހުށަހެޅި އަގެވެ. 24 އަހަރުގެ ބާގްވިން އަޔެކްސް އަށް ބަދަލުވުމާ ގުޅޭ ގޮތުން މިހާރު ވަނީ ޓޮޓެންހަމާއެކު އެއްބަސްވުމަކަށް އާދެވިފައި ކަމަށް ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ވަނީ ބުނެފައެވެ.

އަޔެކްސްއަށް ބަދަލުވުމުގެ ގޮތުން ބާގްވިން ހަދަން ޖެހޭ މެޑިކަލް ޓެސްޓުތައް ބުދަ ދުވަހުގެ ވަގުތެއްގައި ހަދާނެއެވެ. އެއަށްފަހު އެ ކުލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ސޮއި ކުރާނެއެވެ. އެއަށްފަހު ބާގްވިން އަޔެކްސްގެ ކުޅުންތެރިއެއްގެ ގޮތުގައި މި ހަފްތާގެ ތެރޭގައި ރަސްމީކޮށް އިއުލާންކުރާނެއެވެ.

ބާގްވިން އޭނާގެ ސީނިއަރ ކެރިއަރު ފަށާފައިވަނީ 2014 ވަނަ އަހަރުއެވެ. އޭނާ ޓޮޓެންހަމަށް ބަދަލުވީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން އޭނާ ވަނީ އެ ޓީމަށް ކުޅެދިން 83 މެޗުގައި އަށް ލަނޑު ޖަހާފައެވެ. ބާގްވިން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން ނެދަލޭންޑްސްގެ ސީނިއަރ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. އޭނާ ވަނީ މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން 22 މެޗުގައި ހަ ލަނޑު ޖަހާފައެވެ.

- ކޮމެންޓް