ކ. މާލެ
|
5 ޖުލައި 2022 | އަންގާރަ 21:38
ތައިރޮއިޑްގެ އަސްލު ބޭހާއި ފޭކު ބޭސް
ތައިރޮއިޑްގެ އަސްލު ބޭހާއި ފޭކު ބޭސް
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ތައރޮއިޑްގެ ފޭކު ބޭސްތަކެއް
ތައިރޮއިޑްގެ ފޭކު ބޭސްތަކެއް އުޅޭތީ ސަމާލުވުމަށް އެދިއްޖެ
މިއީ އިންޑިއާގައި އުފައްދާ ބޭހެއް

ތައިރޮއިޑް ބައްޔަށް ބޭނުންކުރާ ބޭހެއްގެ ފޭކް ބޭސްތަކެއް އިންޑިއާއިން ފެނިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާތީ ދިވެހިން ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އެދިއްޖެއެވެ.

އެމްއެފްޑީއޭ އިން އަންގާރަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާގެ ޖެނެރިކްސް އެލްއެލްޓީ ކުންފުނިން އުފައްދާ، ތައިރޮއިޑް ބައްޔަށް ބޭނުންކުރާ ބޭހެއް ކަމަށްވާ "ތައިރޮނޯރމް 100އެމްސީޖީ" ގެ ފޭކް ބޭސްތަކެއް ފެނިފައިވާ ކަމަށް އެ ގައުމުގެ ތެލަންގަނާ ޑްރަގްސް ކޮންޓްރޯލް އެޑްމިނިސްޓްރޭޝަނުން އަންގަފާއިވާ ކަމަށެވެ.

ފޭކު ބޭހުގެ ގޮތުގައި އެމްއެފްޑީއޭއިން ފާހަގަ ކޮށްފައިވަނީ "ތައިރޮކްސިން ސޯޑިއަމް (ތައިރޮނޯމް 100 އެމްސީޖީ)" ގެ ބެޗް ނަންބަރު އޭއީޖީ 1233 އާއި އޭއީޖީ 1987އެވެ. އެ ބެޗުގެ ބޭސް ރާއްޖެ އެތެރެކުރުމާއި ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.

އެ އޮތޯރިޓީއިން ވަނީ އެ ބޭހާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ، އެމްއެފްޑީއޭ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅައި ރިޕޯޓްކުރަން އެދިފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގެ މާކެޓުން ބޭހުގެ ސާމްޕަލް ނަގައި، ޓެސްޓްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް އެމްއެފްޑީއޭއިން ބުންޏެވެ. އަދި ޕޯސްޓް އޮފް އެންޓްރީގައި އެ ބާވަތުގެ ބޭސް އެތެރެކުރޭތޯ ބަލަމުން އަންނަ ކަމަށް ވެސް ބުނެފައި ވެއެވެ.

- ކޮމެންޓް