ކ. މާލެ
|
13 ޖޫން 2017 | އަންގާރަ 20:02
އެޓްލެޓިކޯގެ ފޯވާޑް އެންޓޯނިއޯ ގްރިޒްމަން
އެޓްލެޓިކޯގެ ފޯވާޑް އެންޓޯނިއޯ ގްރިޒްމަން
ޓްވިޓަރ
އެންޓޯނިއޯ ގްރިޒްމަން
ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި
ގްރިޒްމަން އެއްބަސްވުން އާކުރީ 2022 ވަނަ އަހަރުގެ ނިޔަލަށް
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން ބިޑުކުރި

މެންޗެސްޓާ ޔުނައިޓެޑްގެ އުންމީދުތައް ފެނަށް ދުއްވާލުމަށްފަހު، އެޓްލެޓީކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޯނިއޯ ގްރިޒްމަން އެއްބަސްވުން އާކޮށްފިއެވެ.

ޔުނައިޓެޑުން ގްރިޒްމަން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ދަނޑިވަޅެއްގައި އޭނާ އެޓްލެޓިކޯގައި މަޑުކުރަން ނިންމާ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2022 ވަނަ އަހަރުގެ ނިޔަލަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެޓްލެޓިކޯގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ގްރިޒްމަން ބުނީ އޭނާ މީގެކުރިން ދެއްކި ވާހަކަތައް އޮޅުން އެރި މީހުންނަށް މައާފަށް އެދޭ ކަމަށާއި، ބުނެވުނު ބައެއް ވާހަކައިން ނުބައި ހެޑްލައިންތައް ނިކުމެފައިވާ ކަމ ަށެވެ.

ގްރިޒްމަން ބުނީ ކުރިޔަށް އޮތީ އާ ސީޒަނެއް ކަމަށާއި، އެގޮތުން ޖެނުއަރީ ޓްރާންސްފާގައި ގެންނަ ކުޅުންތެރިންނާއެކު ސްކޮޑު އިތުރަށް ވަރުގަދަވާނެކަމަށް ދެކޭ ކަމަށެވެ.

ގްރިޒްމަން އޭނާގެ ކެރިޔަރު ފެށީ 2009 ވަނަ އަހަރު ރެއާލް ސޮސައިޑާޑް އިންނެވެ. އޭނާ އެޓްލެޓިކޯ އަށް ބަދަލުވީ 2014 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ އެޓްލެޓިކޯގައި ހޭދަކުރި ތިން ސީޒަނުގައި މިހާތަނަށް އެ ކްލަބަށް ކުޅުނު 160 މެޗުގައި 83 ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން އޭނާ ވަނީ އެ ކްލަބާއެކު ސްޕެނިޝް ސުޕާކަޕް އަދި ނިމިގެންދިޔަ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ހޯދާފައެވެ. ފްރާންސްގައި އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައިވާ ގްރިޒްމަން ވަނީ އެ ގައުމަށް އެ މުބާރާތުގެ ދެވަނަ ހޯދައިދިނުމަށް ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.

 

 

- ކޮމެންޓް