ކ. މާލެ
|
4 ޖުލައި 2022 | ހޯމަ 20:46
އެކްސިޑެންޓް
އެކްސިޑެންޓް
މުހައްމަދު ޔާސިރު މޫސާ
ބަހަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގުން
ބަހަކާއި ކާރެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކު މަރުވެއްޖެ
މި އެކްސިޑެންޓުގައި 6 މީހަކަށް އަނިޔާ ލިބުނު

އެކުވެނި ޓްރެކް ބޭރު މަގުގައި ބަހަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ ހޯމަ ދުވަހުގެ ރޭ 6:09 ހާއިރުއެވެ. މި އެކްސިޑެންޓުގައި 6 މީހަކަށް އަނިޔާވެފައިވާއިރު، މީގެތެރޭގައި 4 ފިރިހެނުންނާއި 2 އަންހެނުން ހިމެނެއެވެ.

އެކްސިޑެންޓުގައި މަރުވެފައިވަނީ އޭގެ ތެރެއިން އަންހެނެއްކަމަށް ފުލުހުން ބުންޏެވެ. އެ މީހާ މަރުވީ ފަރުވާދެމުން ދަނިކޮށް ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެކްސިޑެންޓް ހިނގާފައިވަނީ ބޭރު މަގުން ދުއްވާފައި ދިޔަ ކާރެއް އެ މަގުން ދިޔަ އެހެން ކާރެއްގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް ބަހުގައި ޖެހިގެން ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޮއާއި ވީޑިއޯތަކުން ފެންނަ ގޮތުގައި މި އެކްސިޑެންޓުގައި ކާރު އޮތީ ފުނޑުފުނޑުވެފައެވެ. އަދި އެމްޓީސީސީގެ ބަހުގެ ކުރީކޮޅުވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

- ކޮމެންޓް