ކ. މާލެ
|
2 ޖުލައި 2022 | ހޮނިހިރު 20:00
ޖޭމްސް ޓާކޯސްކީ
ޖޭމްސް ޓާކޯސްކީ
ރޮއިޓާސް
ޓާކޯސްކީ އެވަޓަންއަށް ބަދަލުވުން
ޓާކޯސްކީ އެވަޓަންއަށް ސޮއިކޮށްފި
ޓާކޯސްކީ އެވަޓަންއަށް ބަދަލުވީ ހަތަރު އަހަރުގެ އެއްބަސްވުމެއްގައި

މިދިޔަ ސީޒަންގައި ބާންލީއަށް ކުޅުނު ޖޭމްސް ޓާކޯސްކީގެ ސޮއި އެވަޓަންއިން ހޯދައިފިއެވެ.

ފްރީ ޓްރާންސްފަރއެއްގައި ޓާކޯސްކީ އެވަޓަންއަށް ބަދަލުވީ ހަތަރު އަހަރުގެ އެއްބަސްވުމެއްގައެވެ. އުމުރުން 29 އަހަރުގެ ޓާކޯސްކީ އެވަޓަންއަށް ބަދަލުވީން ރަސްމީކޮށް ހާމަކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ. ޓާކޯސްކީއަކީ މި ޓްރާންސްފަރ މާކެޓުގައި އެވަޓަންއަށް ސޮއިކުރި ފުރަތަމަ ކުޅުންތެރިޔާއެވެ.

އެވަޓަންއަށް ސޮއިކުރުމަށްފަހު ޓާކޯސްކީ ބުނީ ލިބުނު ފުރުސަތުގެ ބޭނުންހިފައި ކާމިޔާބު ހޯދުމަށް ކުރިއަށް އޮތް ތަނުގައި މަސައްކަތްކުރާނެ ކަމަށެވެ. އަދި ކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމަކީ އޭނާގެ އެންމެ ބޮޑު އަމާޒުކަން ޓާކޯސްކީ ފާހަގަކުރިއެވެ.

މިދިޔަ ސީޒަންގެ ޕްރިމިއަރ ލީގުގައި ބާންލީގެ ކެޕްޓަންކަންކުރި ޓާކޯސްކީ ވަނީ ބާންލީއަށް 35 މެޗު ކުޅެދީފައެވެ. ޖުމްލަ 219 މެޗު ބާންލީއަށް ކުޅެދިން ޑިފެންޑަރު އެޓީމާ ގުޅުނީ 2016 ވަނަ އަހަރުއެވެ.

- ކޮމެންޓް