ކ. މާލެ
|
2 ޖުލައި 2022 | ހޮނިހިރު 08:08
ޓްރީޓޮޕް ހޮސްޕީޓަލުގައި ނަފްސާނީ ބަލިތަކަށް ފަރުވާ ދޭން ފެށުން
ޓްރީޓޮޕް ހޮސްޕީޓަލުގައި ނަފްސާނީ ބަލިތަކަށް ފަރުވާ ދޭން ފެށުން
ޓްރީ ޓޮޕް ހޮސްޕިޓަލް
ނަފްސާނީ ބަލިތައް
ޓްރީޓޮޕް ހޮސްޕީޓަލުގައި ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓް އެއް ތައާރަފް ކޮށްފި
ނަފްސާނީ ބަލިތަކުގެ މީހުން ބެލުމަށް އެންމެ އިސްކޮށް ހުންނަވާނީ ޑރ. މުހައްމަދް އިއްސުއްދީން

ނަފްސާނީ ބަލިތަކަށް އަދި ބަލީގެ ފަރުވާ ހޯދަމުންދާ މީހުންނަށް ހާއްސަ ޑިޕާރޓްމަންޓް އެއް ޓްރީޓޮޕް ހޮސްޕިޓަލުގައި ތައާރަފްކޮށްފިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޚާއްސަ ޑިޕާރޓްމަންޓް އެއް ތައާރަފު ކޮށްފައިވަނީ މި ބަލިން ފަރުވާ ހޯދާ މީހުން މުޖުތަމައުގައި ތިބިކަން ފާހަގަކޮށް، ފަސޭހަ ކަމާއިއެކު ފަރުވާ ދިނުމުގެ މަގްސަދުގައެވެ.

Advertisement

ޓްރީޓޮޕް ހޮސްޕިޓަލުގައި ނަފްސާނީ ބަލިތަކުގެ މީހުން ބެލުމަށް އެންމެ އިސްކޮށް ހުންނަވާނީ ޑރ. މުހައްމަދް އިއްސުއްދީން، ކޮންސަލްޓަންޓް ސައިކިއޭޓްރިސްޓްއެވެ. ޑރ އިއްސުއްދީން ފަރުވާދެއްވުމުގައި ޚާއްސަވާ ދާއިރާތަކަކީ، މުސްކުޅި އުމުރުފުރާގެ ނަފްސާނީ ބަލިތައް، ކުޑަކުދިންގެ ނަފްސާނީ ބަލިތައް، ޑިޕްރެޝަން، ހާސްވުމާއި ކަންބޮޑުވުން، އަދި ޖިންސީ ގުޅުން ހިންގުމަށްދިމާވާ އުނދަގޫތަކުގެ ދާއިރާއެވެ.

ޑރ އިއްސުއްދީން އެމްބީބީއެސް ހާސިލް ކުރައްވާ ފައިވަނީ ކޮލިކޯޑް މެޑިކަލް ކޮލެޖް، ކެރެލާ އިންޑިއާ އަދި އެމްޑީ ފުރިހަމަކުރައްވާފައިވަނީ ކޮޓަޔަމް ސަރުކާރު މެޑިކަލް ކޮލެޖުންނެވެ. ޑރ. އިއްސުއްދީން ކޮންސަލްޓެންޓެއްގެ ގޮތުގައި ކޮލިކޯޑް ސަރުކާރުގެ މެންޓަލް ހެލްތް ސެންޓަރ އަދި ކޮލިކޯޑް ޑިސްޓްރިކްޓް ހޮސްޕިޓަލުގައި މައްސަތްކަތް ކުރައްވާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް