ކ. މާލެ
|
2 ޖުލައި 2022 | ހޮނިހިރު 01:00
މޯލްޑިވިއަން އެއަރލައިން
މޯލްޑިވިއަން އެއަރލައިން
މޯލްޑިވިއަން
މޯލްޑިވިއަންގެ ދަތުރުތައް
ހޯމަ ދުވަހު ހޯރަފުއްޓާއި މާވަރުލުއަށް އިތުރު ދަތުރުތަކެއް ބާއްވަނީ
 
ޖުލައި 14 އާ ހަމައަށް ދަތުރުތައް އިތުރުކުރަމުންދާނެ
 
އީދު ބަންދާ ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތަކަށް ވަނީ ޑިމާންޑު ބޮޑުވެފައި

ހއ. ހޯރަފުއްޓާއި ގދ. މާވަރުލުއަށް އިތުރު ދަތުރުތަކެއް ބާއްވަން ނިންމާފައިވާކަމަށް ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ބުނެފިއެވެ.

އީދު ބަންދާ ދިމާކޮށް ދަތުރުތަކުގެ ޑިމާންޑު ބޮޑުވަމުންދާތީ މޯލްޑިވިއަންއިން ގެންދަނީ އެކި ސަރަހައްދުތަކަށް ކުރާ ދަތުރުތައް އިތުރުކުރަމުންނެވެ.

އެގޮތުން މިމަހުގެ 4 ވާ ހޯމަ ދުވަހު ހޯރަފުއްޓާއި، މާވަރުލުއަށް ދަތުރުތަކެއް ބާއްވަން ނިންމާފައިވާކަމަށް މޯލްޑިވިއަންއިން ބުނެއެވެ. ޑިމާންޑު އޮތް ވަރަކުން އަދިވެސް އިތުރު ދަތުރުތައް ބާއްވަމުންދާނެ ކަމަށް ވެސް މޯލްޑިވިއަންއިން ބުނެއެވެ.

މީގެ އިތުރުން 3 ވަނަ ދުވަހު ހދ. ކުޅުދުއްފުއްޓާއި، ށ. ފުނަދޫ އަދި ތ. ތިމަރަފުއްޓަށް ދަތުރުތަކެއް ބާއްވަން ނިންމާފައިވާކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

އީދު ބަންދާ ދިމާކޮށް ޑިމާންޑު ބޮޑުވަމުންދާތީ މޯލްޑިވިއަނުން ގެންދަނީ ޖޫން 16ން ފެށިގެން އިތުރު ދަތުރުތައް ބާއްވަމުންނެވެ. އަދި 14 ޖުލައި އާ ހަމައަށް އެކި މަންޒިލްތަކަށް ކުރާ ދަތުރުތައް އިތުރުކުރަމުންދާނެ ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އެމްޑީޕީން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރާނެ: ނިޔާޒު
އެމްޑީޕީއަށް ނިސްބަތްވާ ރިޔާސަތުން މަޖިލީހުގެ މައިނޯރިޓީއަށް އިހްތިރާމްކުރެއްވުމުގައި ދެއްކެވީ ނަމޫނާއެއް - ޝާހިދު
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ
ތެލަސީމިއާ ޚިދުމަތް ފުޅާކުރުމަށް ޚާއްސަ މަސައްކަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ދެއްވައިފި
އިޒްރޭލުން ރަފާޙްގައި ޤަތުލުއާންމެއް ހިންގުން ހުއްޓުވުމަށް ރާއްޖޭގެ ފެންވަރުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ސަރުކާރަށް ގޮވާާލާ ކުއްލި މައްސަލައެއް
ހޯރަފުށީ ވޮލީ ލީގް ޗެމްޕިއަންކަން ޕޮލިސް ޓީމަށް
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ