ކ. މާލެ
|
1 ޖުލައި 2022 | ހުކުރު 16:16
ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓު
ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓު
ރާއްޖެއެމްވީ
މެޖިސްޓްރޭޓުންގެ މުސާރަ
މެޖިސްޓްރޭޓުންގެ މުސާރައަށް ބަދަލު ގެންނަން ފާސްކޮށްފި
ދާއިރާ އިސް މެޖިސްޓްރޭޓުންގެ މުސާރައަށް 33،350 ރުފިޔާ ލިބޭނެ

ކޯޓުތަކުގައި މަސައްކަތް ކުރައްވާ މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ 13 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ މި ނިންމުމާއެކު، 3 މިލިއަން އެއްލައްކަ ރުފިޔާއިން، 6 މިލިއަން ނުވަލައްކަ ރުފިޔާއަށް މުސާރާއިގެ ޖުމުލަ އަދަދު ބަދަލުވެގެން ދެއެވެ.

މެޖިސްޓްރޭޓުންނާއި ފަނޑިޔާރުންގެ އެންމެ ދަށް މުސާރަ އަޅާކިޔާއިރުވެސް 8000 ރުފިޔާގެ ތަފާތެއް އެބަހުއްޓެވެ. ކޮމިޓީން ޖޭއެސްސީގެ ހުށައެޅުން ފާސްކޮށްފައިވަނީ ޖޭއެސްސީގެ ހުށައެޅުމުގައި އޮތް ގޮތަށެވެ. އެގޮތުން ދާއިރާ އިސް މެޖިސްޓްރޭޓުންގެ މުސާރައަށް ބަލާއިރު، މުސާރައަށް 23،150 ރުފިޔާއާއި، އަދި ލިވިންގ އެލަވަންސް 9200 އާއި، ފޯނު އެލަވަންސް 1000 އާއެކު ޖުމުލަ މުސާރަ 33،350 ރުފިޔާއަށް ބޮޑު ކުރުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ހަމައެއާއެކު، ދާއިރާ އިސް މެޖިސްޓްރޭޓުންގެ ދެވަނަ ބައިގެ މުސާރަ 23،150 އަދި ލިވިންގ އެލަވަންސް 7200 ރުފިޔާ އާއި، ފޯނު އެލަވަންސް 1000 އާއެކު ޖުމުލަ މުސާރަ 31،350 ރުފިޔާއަށް ބޮޑު ކުރުމަށް ނިންމާފައިވެއެވެ.

އޭގެ އިތުރުން، ކޯޓުގެ އިސް މެޖިސްޓްރޭޓުންގެ މުސާރައަށް ބަލާއިރު، ފުރަތަމަ ބައިގެ މުސާރައަށް 21،000 ރުފިޔާ، ލިވިންގ އެލަވަންސް 9400 ރުފިޔާ، ފޯނު އެލަވަންސް 1000 ރުފިޔާއާއެކު ޖުމުލަ 31،400 ށް މުސާރަ ބޮޑު ކުރުމަށް ވަނީ ފާސްކޮށްފައެވެ. ދެވަނަ ބައިގެ މުސާރައިގައި މުސާރައަށް 21،000 ރުފިޔާ ލިވިންގ އެލަވަންސަށް 9400 ރުފިޔާއާއި ފޯނު އެލަވަންސްގެ ގޮތުގައި 1000 ރުފިޔާއާއި އެކު ޖުމްލަ 29400 ށް ބޮޑު ކުރުމަށް ވަނީ ފާސްކޮށްފައެވެ.

ކޯޓުގެ މެޖިސްޓްރޭޓުންނަށް ބަލާއިރު، ފުރަތަމަ ބައިގެ ޖުމްލަ މުސާރަ 31،400 ރުފިޔާއަށް އަދި ދެވަނަ ބައިގެ ޖުމްލަ މުސާރަ 29،400 ރުފިޔާ އަށް ބޮޑުވެއެވެ.

- ކޮމެންޓް