ކ. މާލެ
|
1 ޖުލައި 2022 | ހުކުރު 16:12
ދުންފަތުގެ އިސްތިއުމާލު ކުރުން
ދުންފަތުގެ އިސްތިއުމާލު ކުރުން
ފޭސްބުކް
ދުންފަތުގެ އިސްތިއުމާލު ކުރުން
ޓެކްސް ނުދައްކާ ސިނގިރޭޓު އެތެރެކޮށްގެން ގެތަކުގައި ކުޑަކުދިންނަށް ވިއްކާ
ރާއްޖޭގެ އާބާދީގެ 23 އިންސައްތަ މީހުން ދުންފަތު އިސްތިއުމާލު ކުރޭ

ޓެކްސް ނުދައްކާ ސިނގިރޭޓު އެތެރެކޮށްގެން ގެތަކުގައި ކުޑަކުދިންނަށް ވިއްކާ ކަމަށް ހެލްތު ޕްރޮމޯޝަންގެ ޑެޕިއުޓީ ޑިރެކްޓަރ އޮފް ހެލްތް ޕްރޮމޯޝަން އެންޑް ކްރޯނިކް ހެލްތު ޑިިވިޝަން ހަސަން މުހައްމަދު ވިދާޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީއާ ޑަބްލިޔުއެޗްއޯ މޯލްޑިވްސްއާ ގުޅިގެން ކުރިއަށް ގެންދިޔަ ޓްރެއިން ދަ ޓްރެއިނަރ އޮން ޓޮބޭކޯ ސިސޭޝަން ވާރކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ވަރަށް ގިނަ މީހުން ދުންފަތުގެ އިސްތިއުމާލު ކުރާ ކަމަށާއި ދުންފަތް ކޮންޓްރޯލު ކުރުމަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. އަދި އެއީ މެދުކެނޑުމެއް ނެތި ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެކި ފަރާތްތަކުން ދުންފަތުގެ އިސްތިހާރު ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ކަމަށާއި ދުންފަތުގެ އިސްތިއުމާލު ކުރުމުގައި ކުޑަކުދިން ހަރަކާތްތެރިވާ މިންވަރު އިތުރު ކަމަށް ވެސް ހަސަން ވިދާޅުވިއެވެ. ރާއްޖޭގެ އާބާދީގެ 23 އިންސައްތަ މީހުން ދުންފަތު އިސްތިއުމާލު ކުރާކަން ފާހަގަކުރައްވާ ހަސަން ވިދާޅުވީ މިކަން ހުއްޓަން ޖެހޭނީ ދެ ބަޔަކު ގުޅިގެން ކަމަށެވެ. އެއީ ސަޕްލައި ކުރާ މީހުންނާއި ބޭނުންކުރާ މީހުން ކަމަށެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރު ސިނގިރޭޓު ބޯ ސްކޫލް ކުދިންގެ ނިސްބަތަށް ބަލާއިރު އެ އިންސައްތަ ހުރީ 45.7 އިންސައްތައިގައި ކަމަށް ހަސަން ވިދާޅުވިއެވެ. އަދި 2014 ވަނަ އަހަރު މި އަދަދު ހުރީ 11.2 އިންސައްތައިގައި ކަމަށާއި އޭރާ އަޅާބަލާއިރު މި އަދަދު އިންތިހާއަށް އިތުރުވެގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ވާރކްޝޮޕްގެ މަޤްސަދަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ހުއްޓުވުމަށް ބާރު އަޅާނެ ބަޔަކު އުފެއްދުން ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ތިމާގެ އަމިއްލަ ސިއްހަތަށާއި އަނެކުންގެ ސިއްހަތަށް، ގެއްލުންވެއެވެ. ކޮންމެ ގޮތަކަށް ދުންފަތުގެ އިސްތިއުމާލު ކުރިއަސް ދުންފަތަކީ ހަށިގަނޑަށް ގެއްލުން ހުރި އެއްޗެކެވެ. އެއްވެސް ބާވަތެއްގެ ދުންފަތެއްގައި ހަށިގަނޑަށް ރައްކާތެރި ފައިދާކުރަނިވި އެއްވެސް މާއްދާއެއް އެކުލެވިގެނެއް ނުވެއެވެ. އެގޮތުން އޭސްޓޯން، ޓާޔާ، ނިކޮޓިން އަދި ކާބަން މޮނޮކްސައިޑަކީ ހަށިގަނޑަށް އެތައްގޮތަކުން ގެއްލުންދޭ މާއްދާތަކެވެ. ތިމާ ބޯ ސިނގިރޭޓްގެ ސަބަބުން ހަމައެކަނި ގެއްލުން ވަނީ ފުއްޕާމެއަށް އެކަންޏެއް ނޫނެވެ. މުޅި ހަށިގަނޑަށެވެ.

ކޮންމެ ސިނގިރޭޓަކުން 1 މިލިގްރާމް ނިކޮޓިން ހަށިގަނޑަށް ވާސިލުވާއިރު، މީހަކު ސިނގިރޭޓެއް ބުއިމުން އެ ސިނގިރޭޓުގައި ހުންނަ މި ވިހަ މާއްދާ އެންމެ 10 ވަރަކަށް ސިކުންތު ތެރޭގައި އެމީހެއްގެ ސިކުނޑިއާ ހިސާބަށް ވާސިލުވެއެވެ. އަދި އެވަގުތު އެމީހަކަށް ވަގުތީ ހިތްހަމަޖެހުމެއް ލިބޭހެން ހީވި ނަމަވެސް އޭގެ ނުރައްކާ މާ ބޮޑެވެ. 

- ކޮމެންޓް