ކ. މާލެ
|
30 ޖޫން 2022 | ބުރާސްފަތި 07:05
އޮޑިޓް އޮފީހުގެ ޑިރެކްޓަރ, ޕާފޯމަންސް އޮޑިޓް ރައުހަތު ހުސެއިން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި
އޮޑިޓް އޮފީހުގެ ޑިރެކްޓަރ, ޕާފޯމަންސް އޮޑިޓް ރައުހަތު ހުސެއިން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި
ރާއްޖެއެމްވީ
އޮޑިޓް އޮފީސް
ތިމާވެށީގެ ދާއިރާއިން ޕާފޯމަންސް އޮޑިޓް ކުރުން މުހިންމު: އޮޑިޓް އޮފީސް
ތިމާވެށީގެ ދާއިރާއިން ޕާފޯމަންސް އޮޑިޓް ކުރުމަކީ ވަރަށް އިސްކަމެއްދީގެން ކުރާ ކަމެއް

ތިމާވެށީގެ ދާއިރާއިން ޕާފޯމަންސް އޮޑިޓް ކުރުމަކީ މުހިންމު ކަމެއް ކަމަށް އޮޑިޓް އޮފީހުގެ ޑިރެކްޓަރ, ޕާފޯމަންސް އޮޑިޓް ރައުހަތު ހުސެއިން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައުހަތު ވިދާޅުވީ ތިމާވެށީގެ ދާއިރާއިން ޕާފޯމަންސް އޮޑިޓް ކުރުމަކީ އެ އޮފީހުން ވަރަށް އިސްކަމެއްދީގެން ކުރާ ކަމެއް ކަމަށެވެ. ރާއްޖެއަކީ ތިމާވެށީގެ ގެއްލުން ވަރަށް ބޮޑަށް ކޮށްފައިވާ ޤައުމެއްކަން ފާހަގަކުރައްވާ ރައުހަތު ވިދާޅުވީ ރާއްޖެ ޕްރޮމޯޓް ކުރަނީ ޤުދުރަތީ ގޮތުން ލިބިފައިވާ ރީތިކަމުގެ މައްޗަށް ކަމަށެވެ.

އެގޮތުން ތިމާވެށީގެ ގޮތުން ރާއްޖެއަށް ކުރަމުންދާ އަސަރުތައް ކުޑަ ކުރުމަށް ދައުލަތުން ވަރަށް ގިނަ ޚަރަދުތައް ކުރާ ކަަމަށާއި ޚަރަދު ކުރެވޭ ފައިސާތަކާއި ހިންގޭ މަޝްރޫއުތަކުން ރަނގަޅު ނަތީޖާއެއް ނެރެވޭތޯ ބެލުން އެއީ އޮޑިޓް އޮފީހުގެ ޒިންމާއެއް ކަަމަށެވެ.

ޕާފޯމަންސް އޮޑިޓް ކުރެވޭއިރު ތިމާވެށީގެ ދާއިރާއިން ހެދިފައި ހުންނަ ޤާނޫނުތަކާއި ޤަވާއިދުތައް ބަލާ ކަމަށް ވެސް ރައުހަތު ވިދާޅުވިއެވެ. ތިމާވެށީގެ ދާއިރާއިން ޕާފޯމަންސް އޮޑިޓް ކުރެވޭ ކަމަށް ކަމަށް ވިދާޅުވިއެވެ. ޕާފޯމަންސް އޮޑިޓްގެ ތެރެއިން ދެމެހެއްޓެނެވި ގޮތެއްގައި މަޝްރޫއުތައް ކުރިއަށްދޭތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައުހަތު ވިދާޅުވީ ޕާފޯމަންސް އޮޑިޓެއް ކުރިއަށް ގެންދާއިރު މައިގަނޑުގޮތެއްގައި ތިން ދާއިރާއަކަށް ބަލާ ކަމަށެވެ.

މުއައްސަސާތަކުގެ ވާހަކަތައް ހިއްސާ ކުރައްވަމުން ރައުހަތު ވިދާޅުވީ އޮޑިޓްތައް ކުރިއަށް ގެންދާއިރު މުއައްސަސާތަކުން ފުރިހަމައަށް އެއްބާރުލުން ލިބޭ ކަމަށެވެ.

ޑަބްލިއުޖީއީއޭގެ 21 ވަނަ އެސްމްބްލީ އޮންނާނީ ޖުލައި 4ން 6ށް އއ. އުކުޅަހުގައި ކަމަށް ވެސް ރައުހަތު ވިދާޅުވިއެވެ. ރައުހަތު އިތުރަށް ވިދާޅުވީ ރާއްޖެ އަކީ ޑަބްލިއުޖީއީއޭގެ މެމްބަރަކަށްވި 81 ވަނަ މެމްބަރު ޤައުމު ކަމަށެވެ.

މެމްބަރު ޤައުމަކަށްވުމަށް އޮޑިޓް އޮފީހުން އިސްނެގީ ތިމާވެށީގެ އޮޑިޓް ކުރުމުގެ ގާބިލުކަން އިތުރު ކުރުމަށް ކަމަށާއި މިކަމުގެ ސަބަބުން މިފަދަ އެސެމްބްލީތަކާއި ޓްރެއިނިންގ ޕްރޮގްރާމުތަކުގައި ބައިވެރިވުމުގެ ފުރުސަތު މެމްބަރު ޤައުމުތަކަށް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

- ކޮމެންޓް