ކ. މާލެ
|
29 ޖޫން 2022 | ބުދަ 11:04
އިޤްބާލް ގްރީންއަށް ސޮއިކުރުމަށްފަހު: ފޮޓޯ-ގްރީން ސްޓްރީޓްސް
އިޤްބާލް ގްރީންއަށް ސޮއިކުރުމަށްފަހު: ފޮޓޯ-ގްރީން ސްޓްރީޓްސް
ގްރީންގެ ގޯލްކީޕަރު ކޯޗަކަށް އިޤްބާލް
ގްރީންގެ ގޯލްކީޕަރު ކޯޗުކަމާއި އިޤްބާލް ހަވާލުވެއްޖެ
 
ގްރީން އޮތީ 17 ޕޮއިންޓާއެކު ހަވަނާގައި

ކްލަބް ގްރީން ސްޓްރީޓްސްގެ ގޯލް ކީޕަރުން ތަމްރީނުކުރުމުގެ ޒިންމާއާ ތަޖުރިބާކާރު ޓްރެއިނަރ މުޙައްމަދު އިޤްބާލް (އައި.ކިޔު) ހަވާލުވެއްޖެއެވެ.

ކުރީގެ ކީޕަރު އިޤްބާލް ވަނީ މީގެކުރިންވެސް ގްރީގެ ކޯޗިންގ ޓީމްގައި މަސައްކަތްކޮށްފައެވެ. އިޤްބާލްގެ އެހީ އެންމެ ބޮޑަށް ލިބުނީ ކްލަބް ވެލެންސިޔާއަށެވެ. އެކަމަކު އޭނާ ވަނީ ބީޖީގައިވެސް ކީޕަރުން ތަމްރީނުކުރުމުގެ މަސައްކަތް ކޮށްފައެވެ. އިޤްބާލަކީ ޤައުމީ ޓީމަށް ކުޅެ, ފަހުން ޤައުމީ ޓީމްގައިވެސް ގޯލްކީޕަރުން ތަމްރީނުކުރުމުގެ މަސައްކަތްކޮށްފައިވާ ތަޖުރިބާހުރި ޓްރެއިނަރެކެވެ.

ގްރީން ސްޓްރީޓްސްއިން މިސީޒަންގައި ތިން ކީޕަރުން ވަނީ ބޭނުންކޮށްފައެވެ. އެޓީމްގެ ގޯލް މިހާރު ބަލަހައްޓަނީ ޕާކިސްތާން ކީޕަރު ސާގިބު ހަނީފްއެވެ. މިސީޒަންގައި ދެން އެޓީމްގެ ގޯލް ބެލެހެއްޓި ކީޕަރުންނަކީ އަހުމަދު ރަމީޒުއާއި ހުސެއިން ސިފާދުއެވެ.

ލީގުގެ ދެވަނަ ބުރު ނިމުނުއިރު ގްރީން އޮތީ 14 މެޗުން 17 ޕޮއިންޓާއެކު ހަ ވަނާގައެވެ. ފަސްވަނާގައި އޮތް ޓީސީއަސްވެސް ލިބިފައިވަނީ 17 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް