ކ. މާލެ
|
29 ޖޫން 2022 | ބުދަ 08:35
ފެނާންޑީނިއޯ
ފެނާންޑީނިއޯ
ޓްވިޓަރ
ފެނާންޑީނިއޯ އެތުލެޓިކޯ ޕަރަނައެންސްއަށް
ފެނާންޑީނިއޯ އެނބުރި އޭނާގެ ކުރީގެ ކުލަބަށް
 
ފެނާންޑީނިއޯ އޭނާގެ ސީނިއަރ ކެރިއަރު ފަށާފައިވަނީ ޕަރަނައެންސްއިން

އިނގިރޭސި ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީއަށް ކުޅެމުން އައި ބްރެޒިލްގެ މިޑްފީލްޑަރު ފެނާންޑީނިއޯ އޭނާގެ ކުރީގެ ކުލަބް އެތުލެޓިކޯ ޕަރަނައެންސްއަށް ބަދަލުވެއްޖެއެވެ.

ސިޓީގެ ކެޕްޓަންކަން ވެސް ކޮށްފައިވާ ފެނާންޑީނިއޯ އޭނާގެ ސީނިއަރ ކެރިއަރު ފަށާފައިވަނީ ވެސް ޕަރަނައެންސް އިންނެވެ. 2002 ވަނަ އަހަރު އެ ޓީމާ ގުޅި އޭނާ ވަނީ އެ ޓީމަށް 72 މެޗު ކުޅެދީ 14 ލަނޑު ޖަހާފައެވެ. އޭގެ ފަހުން 2005 ވަނަ އަހަރު އެ ޓީމު ދޫކޮށް އޭނާ ބަަދަލުވީ ޔުކްރެއިންގެ ކުލަބެއް ކަމަށްވާ ޝަކްތަރު ޑޮނެސްއަށެވެ. އެ ޓީމު ދޫކޮށް އޭނާ ސިޓީއަށް ބަދަލުވީ 2013 ވަނަ އަހަރުއެވެ.

ފެނާންޑީނިއޯ ވަނީ ސިޓީއަށް ކުޅެދިން 383 މެޗުގައި 26 ލަނޑު ޖަހާފައެވެ. އޭނާ ވަނީ އެ ޓީމާއެކު 13 ތައްޓެއް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއަރ ލީގު، އެފް އޭ ކަޕް، ކަރަބޯ ކަޕްގެ އިތުރުން އެފް އޭ ކޮމިއުނިޓީ ޝީލްޑް ހިމެނެއެވެ. މީގެ އިތުރުން އޭނާ ވަނީ ސިޓީއާއެކު 21-2020 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅެފައެވެ. އެއަހަރުގެ ފައިނަލްގައި ސިޓީ ވަނީ ޗެލްސީ އަތުން ބަލިވެފައެވެ.

މިދިޔަ ސީޒަން ނިމުމާމެދު 37 އަހަރުގެ ފެނާންޑީނިއޯ ވަނީ އޭނާ ސިޓީ ދޫކޮށްލާނެކަން އިއުލާންކޮށްފައެވެ.

ފެނާންޑީނިއޯ ބުނި ގޮތުގައި އޭނާ ޕަރަނައެންސްއަށް ބަދަލުވާން ނިންމީ ގިނަ ހުށަހެޅުންތަކެއް ލިބިފައިވަނިކޮށެވެ. ނަމަވެސް އޭނާ ބޭނުންވަނީ ކުރީގެ ކުލަބަށް ބަދަލުވެ. އެ ކުލަބާއެކު ރަނގަޅު ކާމިޔާބެއް ހޯދައި، މޮޅު ކުޅުމެއް ދައްކަން ކަމަށް އޭނާ ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް