ކ. މާލެ
|
29 ޖޫން 2022 | ބުދަ 08:19
ރަފީނިއާ
ރަފީނިއާ
ޓްވިޓަރ
ޗެލްސީން ރަފީނިއާ ހޯދުން
ރަފީނިއާ ހޯދުމުގެ ޑީލް ޗެލްސީން ކާމިޔާބުކޮށްފި
 
ޗެލްސީން ރަފީނިއާ އެ ކުލަބަށް ގެންދަން 60 މިލިއަން ޕައުންޑް ދައްކާނެ

ލީޑްސް ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގަރ ރަފީނިއާ ހޯދުމުގެ ޑީލް ޗެލްސީން ކާމިޔާބުކޮށްފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޗެލްސީން ރަފީނިއާ ހޯދުމުގެ ޑީލް ކާމިޔާބުކުރީ ސްޕެެއިންގެ ގަދަ އެއް ބާރު ބާސެލޯނާއާއި ޕްރިމިއަރ ލީގުގެ އާސެނަލުން ވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އައި ދަނޑިވަޅެއްގައެވެ.

ރަފީނިއާ ލީޑްސް އަށް ބަދަލުވީ 2020 ވަނަ އަހަރުއެވެ. އެ ޓީމާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ރަފީނިއާ ވަނީ ލީޑްސްއަށް ކުޅެދިން 67 މެޗުގައި 17 ލަނޑު ޖަހާފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޗެލްސީން ރަފީނިއާ އެ ކުލަބަށް ގެންދަން 60 މިލިއަން ޕައުންޑް ދައްކާނެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ރަފީނިއާ ހޯދުމަށް ޗެލްސީން ރަސްމީކޮށް ބިޑު ކޮށްފައިވާއިރު، ލީޑްސް އިން މިހާރު ވަނީ ބޮޑު ބަލައިގަނެފައެވެ.

ރަފީނިއާ ޗެލްސީއަށް ބަދަލުވެއްޖެ ނަމަ އޭނާ ވާނީ އެ ކުލަބުގެ އައު އޯނަރު ޓޮޑް ބޮހްލީ ކުލަބާ ހަވާލުވިފަހުން ސޮއިކުރާ ފުރަތަމަ ކުޅުންތެރިޔާއަށެވެ. ރަފީނިއާގެ އިތުރުން ޗެލްސީން އަންނަނީ މެންޗެސްޓަރ ސިޓީގެ ރަހީމް ސްޓާލިން ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ސްޓާލިން ހޯދުމަށް ޗެލްސީން ވަރަށް އަވަހަށް ބިޑު ކުރާނެ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
20%
60%
0%
0%
0%
20%
ކޮމެންޓް